އަނެއްކާވެސް މިއޮތީ ބިރު ފަހަނައަޅައި ދާން ގޮވަން ޖެހިފަ: ވައްޑެ

އަނެއްކާވެސް މިއޮތީ ބިރު ފަހަނައަޅައި ދާން ގޮވަން ޖެހިފަ: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2022 08:47
0

އަނެއްކާވެސް މިއޮތީ ބިރު ފަހަނައަޅައި ދާން ގޮވަން ޖެހިފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރުގެ ނުފޫޒާއި ބާރު އިންތިހާއަށް، މިއިންތިިޚާބަށް ފޯރުވަމުންދާކަމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ މިނިސްޓަރ ފައްޔާޒު މިއިންތިޚާބު ކާމިޔާބު ކުުރުމަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ގެންދަނީ ތުހުމަތު ކުރައްވަމުންނެވެ.

މިއިންތިޚާބުގައިވެސް އެމްޑީޕީގެ މެމްބަރުން ބިރު ފަހަނައަޅައި ދާންޖެހޭކަމަށް ވައްޑެ ވިދާޅުވެފައިވާއިރު، ނިމިދޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައިވެސް މެމްބަރުން ބިރު ފަހަނައަޅައި ދާންޖެހިފައިވާކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުވެސް ފެނިގެން ގޮސްފައިވަނީ، ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުންގެ މެދުގައި ވާދަވެރި ކެމްޕެއިނެއްކުރެވިގެންދިޔަ ތަނެވެ.

އަންނަ އޭޕްރީމް މަހުގެ 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އެންހެނުންގެ ރޫހުގެ ރައީސްގެ އިންތިޚާބަކީ ވާދަވެރި ދެއިންތިޚާބެކެވެ. ޗެއާޕާސަންގެ މަޤާމަށް މިނިސްޓަރ ފައްޔާޒާއި، އިންތި ވާދަކުރައްވާއިރު، އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވަނީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއާއި، ސަފާތު އަހުމަދެވެ.

16 އަހަރުފަހުން އަނެއްކާ މިވަނީ ބިރު ފަހަނަ އަޅައި ދިއުމަށް ގޮވަންޖެހިފަ: ވައްޑެ

ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށްކަމަށެވެ. އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރެއްވުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުންކަމަށް ކަމުގައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ ވާދަވެރި، ކެމްޕެއިންތަކެއްކޮށް ބޭއްވޭ އިންތިޚާބުތަކަކަށްވާއިރު، މިފަހަރުގެ އިންތިޚާބަކީ ނިމިދިޔަ އިންތިޚާބުތަކާއި ތަފާތުވެގެންދާނެ އިންތިޚާބެއްކަމަށް އެމްޑީޕީގެ ގިނަ މެމްބަރުންވެސް ޤަބޫލުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.