16 އަހަރުފަހުން އަނެއްކާ މިވަނީ ބިރު ފަހަނަ އަޅައި ދިއުމަށް ގޮވަންޖެހިފަ: ވައްޑެ

16 އަހަރުފަހުން އަނެއްކާ މިވަނީ ބިރު ފަހަނަ އަޅައި ދިއުމަށް ގޮވަންޖެހިފަ: ވައްޑެ

16 އަހަރު ފަހުން އަނެއްކާ އަލުން މިގޮވަންޖެހެނީ ބިރު ފަހަނައަޅާ ދިޔުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ އިންތިޚާބަށް ސަރުކާރުގެ ނުފޫޒާއި، ވަޒީފާގެ ބިރު ދައްކަމުންދާތީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންދާ ވަހީދު މިއަދު ވިދާޅުވީ މީގެ 16 އަހަރު ކުރިން ކުރިން މަސައްކަތް އަލުން މިއަދު އަނެއްކާވެސް ކުރަންޖެހިފައިވާކަމަށެވެ. އެމްޑީޕީއަކީ ވޯޓުތަކާއި ދިމާކޮށް ވަޒީފާގެ ބިރު ދެއްކުމާއި، ނާއިންސާފުން ކަންކަން ކުރުމާއި ދެކޮޅު ޕާޓީއަކަށްވާއިރު، މިއަދު މިފެންނަނީ މިހުރިހާ ކަމެއް އަނެއްކާވެސް އިޔާދަ ވަމުންދާތަން ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ސަރުކާރުން ދައްކާ ބިރަށް ނުބަލައި އެމްޑީޕީގެ ކުރިމަގަޤަށް ބަލައި އާންމު މެމްބަރުން ވޯޓު ދެއްވަން ޖެހޭކަމަށެވެ. ނުފޫޒާއި ބާރުވެރިކަން ފޯރުވައިގެން އެމްޑީޕީ ތެރޭގައި ފައި ގަދަ ކުރަން އުޅޭ މީހުންނަށް ވޯޓުން ރަނގަޅު ނަތީޖާއެއް ދެއްކުމަށް އޭނާ ވަނީ ގޮވާލާފައެވެ.

16 އަހަރު ފަހުން އަނެއްކާ އަލުން މިގޮވަންޖެހެނީ ‘ބިރު ފަހަނައަޅާ ދިޔުމަށް’. ވަޒީފާގެ ބިރު ދައްކައިގެން ވޯޓް ހޯދައި، އެމްޑީޕީގެ މުޅި ފަލްސަފާ ނެތިކޮށްލަން ނުކުމެ އުޅޭ މީހުންނަށް ފާޅުގައި ‘ނޫނެކޭ’ ބުނެ، އެމްޑީޕީގެ ތެރޭގައި ފައިތައް ގަދަކުރަން އުޅޭ ‘ބޯވަތަކަށް’ ޖާގަނުދެއްވާ!

– ވައްޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މާދަމާ ބާއްވާއިރު، މިއިންތިޚާބުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުންގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ ބާރުވެރިކަން ހޯދުމަށް ދެބޭފުޅުންވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއިންތިޚާބުން ބަލި ނުވާނެކަމަށެވެ. ނަމަވެސް ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަމުންދަނީ މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެކަމަށެވެ.

މިއިންތިޚާބަކީ އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޓިކެޓާއިވެސް ގުޅިފައިވާ އިންތިޚާބެކެވެ. ޤައުމީ މަޖިލިސްގެ ކޮންޓްރޯލް ލިބޭ ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *