ބްލެކްމެއިލް ކޮށް ބިރުދައްކާ މައްސަލަގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ހދ. ނޮޅިވަރަން / ހަމްނާ، އަޙްމަދު ޝަހްބާން (27އ)، އައިޑީކާޑު ނަންބަރު A228357 އެވެ.
ފުލުހުން ބުނެފައިވަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ޝަހްބާން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށެވެ.
އޭނާ ހާޒިރު ކުރުމަށް އަންގާފައިވަނީ ބްލެކްމެއިލް ކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށާއި، އެނާ މިމަހުގެ 21 ވަނަ ދުވަހު 12:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ