ރިތިކްގެ މިހާރުގެ ލޯބިވެރިޔާއަށް ވަރިކުރި ފުޅުގެ ތައުރީފް!

ރިތިކްގެ މިހާރުގެ ލޯބިވެރިޔާއަށް ވަރިކުރި ފުޅުގެ ތައުރީފް!

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2022 09:09
0

ދާދިފަހުން ވަނީ ރިތިކް ރޯޝަން 'ފޮރުވައިގެން' އުޅުން ލޯބިވެރިއާ މީޑީއާއަށް ހާމަވެފައެވެ. މި ދެމީހުން އެކުގައި ޑިނާ ޑޭޓަކުން ނުކުންނަނިކޮށް މީޑީއާ ވަނީ މިދެމީހުން ވަށާލާ ގިނަ އަދަދެއްގެ ފޮޓޯވެސް ނަގާފައެވެ.

މީޑިއާ ރިޕޯޓް ބުނާގޮތުގައި ރިތިކްގެ އައު ލޯބިވެރިޔަކީ ސަބާ އާޒާދެވެ. ސަބާ އަކީ އެކްޓަރެއްގެ އިތުރުން މިއުޒީޝަނެކެވެ. ނަމަވެސް އޭނާ އަށް މާބޮޑު ކާމިޔާބެއް އަދި މިހާތަނަށް ބޮލީވުޑްގައި ހޯދިފައެއް ނުވެއެވެ.

މި އަހަރަކީ ރިތިކް އަށް ވަރަށް ބިޒީ އަހަރެވެ. ފުލުފުލުގައި ޝޫޓީން ތަށް އެބައޮތެވެ. ނަމަވެސް އޭނާ އަންނަނީ އައު ލޯބިވެރިޔާ ސަބާއަށް ވަގުތު ދެމުންނެވެ.

31 އަހަރުގެ ސަބާއާއި އުމުރުން 48 އަހަރުގެ ރިތިކާ ގުޅުވައިގެން ތަފާތު ވާހަކަތައް ދެކެވެމުން އަންނަ ދަނޑިވަޅުގައި ރިތިކްގެ ކުރީގެ އަންހެނުން ސުޒާން ޚާން ވަނީ އެ ގުޅުމާ ވަރަށް ރުހޭ ކަން ހާމަވާފަދަ ކަމެއް ކޮށްފައެވެ.

ސުޒާން ވަނީ އިންސްޓަގްރާމްގެ ސްޓޯރީގައި ސަބާގެ ފޮޓޯއެއް ހިއްސާކޯށް އޭނާ އަށް ތައުރީފް ކޮށްފައެވެ.

ރިތިކާއި ސުޒާން ކައިވެނި ކުރީ 2000 ވަނަ އަހަރުއެވެ. މި ކައިވެނިން ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. ނަމަވެސް ކައިވެންޏަށް 14 އަހަރު ފަހުން މި ކައިވެނި ވަނީ ރޫޅިފައެވެ.

ނަމަވެސް މިދެމީހުން އެކުގައި ދަރިންގެ ކަންކަމުގައި އުޅޭތަން އަންނަނީ ފެންނަމުންނެވެ. އެގޮތުން ކުދިންނާއެކު ފިލްމު ބަލަން ދިއުމާއި ޗުއްޓީ ތަަކަށް ދެމީހުން އެކުގައި ދިއުން ފަދަ ގުޅުން ބަދަހި ކަންކަން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.