އެއްބަސްވުންތަކުގައި ގޯހެއްނެތް، ނުރައްކާ އޮތީ ރާއްޖެއާއިމެދު ފިޔަވަޅު އަޅާފާނެތީ: ސަރުކާރު

އެއްބަސްވުންތަކުގައި ގޯހެއްނެތް، ނުރައްކާ އޮތީ ރާއްޖެއާއިމެދު ފިޔަވަޅު އަޅާފާނެތީ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2022 03:29
0

ރާއްޖެއާއި އިންޑިއާއާއިއެކު ވެފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތަށް، ނުވަތަ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް އެއްބަސްވުމެއް ނެތްކަމަށާއި، އެންމެ ބޮޑު ބިރުވެރިކަމެއް އޮތީ، ރާއްޖެއާއިމެދު އިންޑިއާއިން ފިޔަވަޅު އަޅާފާނެތީ ކަމުގައި ދިވެހި ސަރުކާރުން ބުނެފިއެވެ.

"އިންޑިއާ އައުޓް"ގެ މައްސަަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން ގެންދާއިރު ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މެމްބަރުންގެ ގިނަ ސުވާލުތަކެއްގެ ޖަވާބު ދެވިގެންދިޔަ މިބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ "އިންޑިއާ އައުޓް"ގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް އަސަރުކުރާނެ ކަމަށާއި އަދި އެކަން އިންޑިއާ ސަރުކާރާ ހިސާބުން ނުފެށިދާނެ ކަމަށެވެ.

އެގޮތުން މަޖިލީހަށް މިއަދު ހާޒިރުކުރި ފޮރިން މިނިސްޓްރީގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން ވެސް ފާހަގަ ކުރެއްވި ގޮތުގައި ވަކި ގައުމެއްގެ ރައްޔިތުންނާއި ދެކޮޅަށް މިގޮތަށް ކުރިޔަށް ގެންދެވޭ ހަރަކާތެއްގެ ސަބަބުން މަޝްރަހު ހޫނުވެއްޖެ ކަމުގައި ވާނަމަ އެކަމުގެ ދައްޗާއި އުނދަގޫ އިންޑިއާގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުންނަށް ފޯރާނެއެވެ. އަދި އެގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެދާނެކަމަށް ފާހަގަ ކުރެއްވިއެވެ.

ފޮރިންމިނިސްޓްރީގެ ޓީމުން ބުނެފައިވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ އެއްވެސް އަސަރެއް މި ވަގުތު ނުކުރި ނަމަވެސް ސިޔާސީ މަގްސަދެއްގައި ހިންގާ މި ކެމްޕެއިންގެ ސަބަބުން ގެއްލުންވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވީ އިންޑިއާގެ ޕާލިމަންޓާ ހިސާބަށް މައްސަލަ ގޮއްސި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން މަޖުބޫރުވެ ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމަށެވެ. އަދި ރާއްޖެއަކީ މުޅިންހެން އިމްޕޯޓް މުދަލަށް ބަރޯސާވާ ގައުމަކަށް ވެފައި ކުދިކުދި ކަންކަމުން ވެސް ރާއްޖެއަށް އަސަރުކުރާނެ ކަމަށެވެ. އިންޑިއާ އަކީ މި ސަރަހައްދުގައި ވެސް އެންމެ ބޮޑު ގައުމަށްވާތީ އިންޑިއާއަށް އިންތިހާއަށް ކަންކަމުގައި ބަރޯސާވާންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅުކުރެއްވީ ޔާމީން ތުރުކުރައްވާ ޓީޝާޓްގައި "އިންޑިއާ އައުޓް" ޖައްސަވައިގެން ރަށްރަށަށް ވަޑައިގެން ވަކި ގައުމަކާ ދެކޮޅަށް ކެމްޕެއިން ކުރައްވާތީއެވެ. އެކަމާ ގުޅިގެން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ، ޔާމީން އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުން ކަންބޮޑުވެ، ބަޔާން ވެސް ނެރުނު ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް މުޅި ރާއްޖެ އަށް ފުޅާކުރަމުންދާއިރު އެ ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށްފައިވާ ބިލެއް މި ހަފްތާ މަޖިލީހަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުލްބުލް
ފިޔަވަޅުއަޅާނީ އެމީހުން އަތުން އެވަރަށް ބަނޑު ފުރައިގެން ތިބީމަ ދޯ.
ގ ގާދިރު
އޭއި ފަތްމިނި ރާއްޖޭގެ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އަޅާފިނަމަ ރާއްޖޭގައި މިނިވަން ކަންމަތީ އުޅޭ އިންޑިޔާގެ މީހުންނަށް ފިޔަވަޅު އަޅާބަލަ ބޯބުރާންތި %30 ޕަސެންޓު
މ މަކަރު
ތީހީލަތްތެރިި މަކަރުންފުރިފައިި ދައްކާވާހަކަަ އިންޑިޔާއިންް އެއްވެސްް ދިވެއްސަކަހެޔޮނޭދެވޭންް