ޝަރުޢީ ދާއިރާ އެންމެ ބޮޑަށް އިޞްލާހުކުރީ މިސަރުކާރުގައި: ދޮންބިލަތް

ޝަރުޢީ ދާއިރާ އެންމެ ބޮޑަށް އިޞްލާހުކުރީ މިސަރުކާރުގައި: ދޮންބިލަތް

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2022 12:00
0

މިހާރަށްވުރެ ބޮޑަށް ޝަރުޢީ ދާއިރާ އިސްލާހުވި ދުވަސްވަރެއް ނާންނަކަމަށް ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކޮށް ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާހަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ޙަލީމް ވިދާޅުވީ، މި ސަރުކާރުގައި ޝަރުޢީ ދާއިރާއަށް ގެނައިވަރުގެ އިޞްލާހެއް މީގެ ކުރިން ދުވަހަކުވެސް އައިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ، ޖޭއެސްސީގައި ރައީސް ނަޝިދު އިންނެވުމަކުން ޖޭއެސްސީ ބަދަލުކުރަން ނުޖެހޭކަމަށާއި، ޖޭއެސްސީއަށް ޤާނޫނީ ވަކީލުން އައްޔަންކޮށްފިނަމަ މާބޮޑަށްވެސް ނުފީޒްފޯރުވައި ފުށުއަރާނެކަމަށެވެ.

އޭނާ ވިދާޅުވީ ޤާނޫނު އަސާސީއަށް އިޞްލާހު ގެންނާނީ އެމްޑީޕީންކަމަށާއި، ރައްޔިތުން މެޖޯރިޓީ ދިނީ އެމްޑީޕީއަށްކަމަށެވެ. އެކަން ކުރެވޭވަރަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިކަމަށްވެސް ޙަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނު އަސާސީ އިޞްލާހު ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާކަމަށާއި، އެކަން ކުރާނީ އެމްޑީޕީގެ ކޮންގްރެސްގައި ރައްޔިތުންގެ މަޝްވަރާއާއެކުކަމަށެވެ. ޤާނޫނު އަސާސީއަށް އިދިކޮޅުން އިޞްލާހު ހުށައަޅުއްވައިގެން އުޅުއްވަނީ ރައީސް ޔާމީންގެ ޝަރީޢަތުގެ ފޯކަސް ބަދަލުކުރެއްވުމަށްކަމަށްވެސް ދޮންބިލަތް ތުހުމަތުކުރެއްވިއެވެ.

ދޮންބިލަތް މިހެން ވިދާޅުވެފައިވާއިރު، ޖޭއެސްސީ އިޞްލާހުކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. ނަމަވެސް ސަރުކާރަށް 3 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވި އިރުވެސް އެކަމުގެ އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެއެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ އެއީޖުޑިޝަރީ އިސްލާހު ކުރުން އޮތީ އެޖެންޑާގެ އެންމެ ފަހު މަސައްކަތުގެ ގޮތުގައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.