ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2022 11:51
0

ފުލުހުންގެ ޚިދުމަތުގައި "ބޮޑީ ވޯން ކެމެރާ" ބޭނުންކުރަން ފަށައިފިއެވެ.

ބޮޑީ ވޯން ކެމެރާ ބޭނުންކުރުން ފެށުން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަރަތަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ. ބޮޑީ ވޯން ކެމެރާއަކީ، ޑިއުޓީގައި ތިބޭ ފުލުުހުންގެ ޔުނީފޯމްގައި ހަރުކޮށް ވީޑިއޯއާއި އަޑު ރިކޯޑްކުރެވޭ ކެމެރާއެކެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައިމިވަނީ މުޅިން އަލަށެވެ. މިޚިދުމަތް ފެށުމާއެކު 200 ކެމެރާ ވަނީ ބޭނުންކުރަން ފަށާފައެވެ. މިއީ އެކްޒޮން ބްރޭޑްގެ ކެމެރާ ތަކެވެ.

މި ޚިދުމަތާއެކު ފުލުހުން އޮޕަރޭޝަންތައް ކުރިއަށްދާ ވަގުތު މަންޒަރުތައް ވަގުތުން ބަލާލެވޭނެއެވެ. ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ ޒަމާނީ ޓެކްނޮލިޖީގެ އެހީގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށެވެ. މިއީ ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ހިމެނޭ 6 ދާއިރާގެ ތެރެއިން، ސްޓްރެޓިޖިކް އޮގަނައިޒޭޝަން ރިފޯމް އެންޑް ޓްރާންސްފޯމްގެ ތެރެއިން ފެށި މަސައްކަތެކެވެ.

މިފަދަ ބަދަލެއްގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ ތަޙުޤީގުތަކަށް ބޭނުންވާ އެކިކަހަަލަ ހެކިތައް ހޯދުމާއި، އޮޕަރޭޝަންތައް ހިނގާ ނުހިނގާގޮތް ބެލުމެވެ. މި ކަމަކީ ފުލުހުން ޚިދުމަތް ދިނުމުގައި ބޭނުންކުރާ ސްޓޭންޑަރޑްތައް ހިފެހެއްޓުމަށް ބާރަކަށް ވެގެންދާނެއެވެ.

ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާމިނަތު ޝައުނާއެވެ. ޚިދުމަތް އިފްތިތާޙުކޮށް، މާލޭގެ ބައެއް ސަރަޙައްދުތަކުން ފުލުހުންގެ ހަރަކާތްތަކާއި ޓްރެފިކް އޮޕަރޭޝަންތަކުގެ އަޑާއި މަންޒަރު ވަގުތުން ވަނީ ދައްކާފައެވެ.

މި ރަސްމިއްޔާޓުގައި ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މިއީ ފުލުހުންގެ މުއައްސަސާއަކީ ޒިންމާދާރުކަމާއި ޖަވާބުދާރީވާ މުވައްސަސާއަކަށް ހެދުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތެއްކަމަށެވެ. މީގެސަބަބުން ޢާއްމުންނަށް ފުލުހުންނާމެދު އޮންނަ އިތުބާރު ބޮޑުވާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

މި ޚިދުމަތް ޕައިލެޓް ކުރުމަށް ބޮޑީވޯން ކެމެރާގެ ޓެސްޓު ބުރުތަކެއް ދެ ފަހަރެއްގެ މަތިންވަނީ ކުރިން ގެންސްފައެވެ. އަދި ކެމެރާ ބޭނުންކުރާ ފުލުހުންނަށް ބޭނުންވާ ތަމްރީންތައްވެސް ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.