"ޝަމްޝޭރާ" ޖުލައި 22 ގައި ސިނަމާތަކަށް!

"ޝަމްޝޭރާ" ޖުލައި 22 ގައި ސިނަމާތަކަށް!

Author
ފާތިމަތު ނާވީ
13 ފެބްރުއަރީ 2022 08:07
0

ކޯވިޑްގެ ތިންވަނަ ރާޅަކާއި ހަނގުރާމަ ކުރަމުންދާ ބޮލީވުޑް އިންޑަސްޓްރީން އަލުން ސިނަމާތައް ހުޅުވާލުމާއެކު، މިހާރު ސިނަމާއަށް ނުގެނެވި ކިއުގައި ހުރި ފިލްމުތައް ރިލީޒް ކުރާނެ ދުވަސްތައް ވަނީ އިއުލާން ކުރަން ފަށައިފައެވެ.

އެގޮތުން ރަންބީރު ކަޕުރާއި ވާނީ ކަޕޫރު އަދި ސަންޖޭ ދަތުގެ "ޝަމްޝޭރާ" ރިލީޒް ކުރާނެ ތާރީހު، ޔަޝްރާޖް ފިލްމުސް އިން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ވަރުގަދަ ވީޑީއޯ އަކާއެކު މި ފިލްމު ރިލީޒް ކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ ޖުލައި 22 ގައެވެ.

ޔަޝް ރާޖް ފިލްމްްސްގެ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ކަރަން މަލްހޮތުރާއެވެ. މި ފިލްމު ހިންދީ، ޓެމިލް އަދި ޓެލުގޫ ބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.