ޕްރިންސް ޗާރލްސް ދެވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ޕްރިންސް ޗާރލްސް ދެވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ހުސެއިން
10 ފެބްރުއަރީ 2022 05:31
0

އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާރަލްސް ދެވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށާއި، މިހާރު ހުންނެވީ އެކަހެރި ވެވަޑައިގެން ކަރަންޓީނުގައި ކަމަށް ކުލިއަރޭންސް ހައުސްއިން ހާމަ ކޮށްފިއެވެ.

ޝާހީ ގަޑުވަރުން ހާމަ ކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޗަރސް ޕޮސިޓިވް ވިކަން ޓެސްޓުތަކުން ދައްކާފައިވާ ކަމަށާއި، އަދި މެންޗެސްޓަރއަށް ކުރައްވަން އޮތް ޒިޔާރަތެއް މިހާރު ކެންސަލް ކުރައްވާފައިވާ ކަމަށެވެ.

މިހާރު އުމުރުފުޅުން 90 އަހަރަށްވުރެ މަތި ވެފައިވާ، އިނގރޭސި ރާނީއަށްފަހު ތަޚުތަށް ވެޑުވުމަށް ތައްޔާރަށް ހުންނެވި، އުމުރުން 73 އަހަރުގެ ޗާރލްސް ވަނީ 2020ވަނަ އަހަރުގެ މާރޗްމަހުވެސް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އެފަހަރު ފެނިފައިވާ ވަނީ ކޯވިޑްގެ ވަރަށް އާދައިގެ އަލާމާތްތަކެކެވެ. އަދި އެފަހަރު އޭނަ ވަނީ 7 ދުވަސް ވަންދެން ކަރަންޓީނުގައި ހުންނަވާފައެވެ.

މިހަފްތާގެ ބުދަ ދުވަހު ޕްރިންސް ޗާރލްސް ވަނީ ބްރިޓިޝް އެއަރ ޓްރަސްޓުން ބޭއްވި ރިސެޕްޝަނަކަށް ވަޑައިގެންފައެވެ. އަދި މި ރިސެޕްޝަނަށް ވަޑައިގެން އެހެން އިއްޒަތްތެރިންގެ ތެރޭގައި މާލީ ވަޒީރު ރިޝީ ސުނަކްއާއި ހެލްތު މިނިސްޓަރ ސާޖިދު ޖާވިދުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.