އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުން ޒުވާނަކަށް ސޯނޫ އެހީވެއްޖެ

އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުން ޒުވާނަކަށް ސޯނޫ އެހީވެއްޖެ

Author
ފާތިމަތު ނާވީ
11 ފެބްރުއަރީ 2022 07:28
0

ސޯނޫ ސޫދަކީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި ލާމަސީލު މީސާލެއް ކަމަށް ދެބަސް ވެވޭ މީހަކު ނުހުންނާނެއެވެ. ކޯވިޑް-19 ގައި ގިނަ ބަޔަކު ހާލުގައި ޖެހުމުން ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެހީވި އެކަކީ ސޯނޫއެވެ.

އެހެން ކަމުން އޭނާއަށް ވަނި ނިކަމެތި އެތައް ބައެއްގެ ލޯބި ލިބިފައެވެ. ސޯނޫގެ އެހީތެރިކަން އަންނަނީ ބޭނުން ޖެހިފައިވާ ގިނަބަޔަކަށް ފޯރުކޮށްދެމުންނެވެ.

ސޯނޫގެ އެހީތެރިކަަމަށް ނިމުމެއް ނެތެއެވެ. ދާދިފަހުން ސޯނޫ ވަނީ މީހެއްގެ ފުރާނަ ސަލާމަތް ކޮށްދީ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައިއެވެ.

އެގޮތުން މިދިއަ އަންގާރަ ދުވަހު މޯގާގެ މަގެއްގެ މަތީގައި އެކްސިޑެންޓް ވީ 19 އަހަރުގެ ޒުވާނަކަށް ސޯނޫ ވަނީ އެހީވެފައެވެ. ސޯނޫ ވަނީ އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެެގޮސްދީފައެވެ. އަދި އެޒުވާނާ އުފުލާފައިވެސް ވަނީ ސޯނޫގެ އަތްދަނޑިމަތީއެވެ. ސޯނޫ އެ ޒުވާނާއަށް އެހީވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީވައިރަލް ވެފައެވެ.

ސޯނޫ އަންނަނީ އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެހެން ތަރިންނަށް ނަމޫނާ ދައްކަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.