"ޕުޝްޕާ" ބެލުމަށްފަހު އާލިއާ ބޭނުންވަނީ އައްލޫ އާއެކު ފިލްމެއް ކުޅެލަން

"ޕުޝްޕާ" ބެލުމަށްފަހު އާލިއާ ބޭނުންވަނީ އައްލޫ އާއެކު ފިލްމެއް ކުޅެލަން

Author
ފާތިމަތު ނާވީ
11 ފެބްރުއަރީ 2022 01:29
0

ބޮލީވުޑްގެ ތަރި އާލިއާ ބަޓް މިހާރު އެންމެ ބޭނުންވަނީ އައްލޫ އަރުޖުން އާއެކު ފިލްމެއް ކުޅެން ކަމަށް ބުނެފިއެވެ.

އައްލޫގެ "ޕުޝްޕާ" ބެލުމަށް ފަހު އާލިއާ ހުރީ އައްލު އާއެކު މަސައްކަތް ކުރުމަށް ކެތް މަދުވެފައެވެ. އަދި އާލިއާގެ މުޅި އާއިލާވެސް އެ ފިލްމު ބެލުމަށްފަހު އައްލޫގެ އެކްޓިންގ ކުގޮސްގެން އުޅޭ ކަމަށާއި، އާލިއާ އައްލޫ އާއެކު އެއް ފިލްމަކުން ފެންނާނެ ކޮން ދުވަހަކުން ތޯ ސުވާލުުރަމުން ދާކަމަށް އާލިއާ ވަނީ ބުނެފައެވެ

އާލިއާ ވަނީ ސައުތުގެ ދެ ސްޕަސްޓާރުންނާއި އެކު މީގެ ކުރިން މަސައްކަތް ކޮށްފައެވެ. އެއީ ފިލްމް "އާރްއާރްއާރް" ގައެވެ. އެ ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހަށެވެ.

ޓެލެގޫ ސުޕަސްޓަރ އައްލޫގެ "ޕުޝްޕާ" އަށް ދަނީ ގިނަބައެއްގެ ތައުރީފް އޮހެމުންނެވެ. އަދި މި ފިލްމަކީ "ބްލޮކްބާސްޓާ" އެކެވެ. ފިލްމް ގެ ލީޑުތަރިން ކަމުގައިވާ އައްލޫ އާއި ރަޝްމީކާ ދައްކައިދީފައިވާ ހުނަރުވެރި އެކްޓިންއަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ.

އެހެންކަމުން ގިނަ ބަޔަކު ބުނަމުން އަންނަނީ ރަޝްމިކާ ދެއްކި ފަދަ ހުނަރެއް އާލިއާއަށް ދެއްކިދާނެތޯއެވެ.

މި އަހަރު ކުރިއަށް ރިލީޒް ކުރުމަށް އާލިއާގެ ފިލްްމު ތަކެއް ވަނީ ތާވަލް ކޮށްފައެވެ. މިއީ އޭނާގެ އެކްޓިންގ އަޅާ ކިޔާލުމަށް ރަނގަޅު ފުރުސަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.