އައްލޫ އަރުޖުން ޕުޝްޕާއަށް ބަދަލުކޮށްލި މޭކަޕް

އައްލޫ އަރުޖުން ޕުޝްޕާއަށް ބަދަލުކޮށްލި މޭކަޕް

Author
ފާތިމަތު ނާވީ
10 ފެބްރުއަރީ 2022 08:52
0

ސައުތު ސުޕަސްޓަރ އައްލޫ އަރުޖުންގެ އެންމެ ފަހުގެ ފިލްމު "ޕުޝްޕާ" ވެގެން ގޮސްފައިވަނީ މި އަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު ފިލްމަށެވެ.

އަދިވެސް ފިލްމަށް ލިބެމުން އަންނަ ތަރުހީބު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މި ފިލްމުގައި ޕުޝްޕާގެ ރޯލުން ފެނިގެންދާ އައްލު އަރުޖުން އަކީ ސައުތު ފިލްމު އިންޑަސްޓްރީގައި އެންމެ ޑިމާންޑު ބޮޑު އަދި އެހާމެ މަޝްހޫރު އެކްޓަރެކެވެ.

މި ފިލްމުގައި އޭނާ ކުޅުނު ޕުޝްޕާގެ ކެރެކްޓަރ އަށް އައްލޫ ވަނީ އޭނާގެ ސިފައަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އަދި މޭކަޕުގެ ޖާދޫއިން އައްލޫ ވަނީ މުޅިން ތަފާތު މީހަކަށް ބަދަލުވެފައެވެ. އޭނާ ޕުޝްޕާއަށް ބަދަލު ވި މޭކަޕް ކުރިއަށް ދިޔަގޮތުގެ ވީޑިއޯއެއް މިހާރު ވަނީ ވައިރަލް ވެފައެވެ.

 

View this post on Instagram

 

A post shared by Pinkvilla South (@pinkvillasouth)

"ޕުޝްޕާ" ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައެވެ. އަދި ފިލްމުގެ ލީޑުން ފެނިގެން ދާ އައްލޫ އަރުޖުން އާއި ރަޝްމިކާގެ އެކްޓިންއަށް ވަނީ ގިނަ ބަޔަކު ތައުރީފް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.