ނައިފަރުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތްކުރަނީ

ނައިފަރުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތްކުރަނީ

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 03:34
0

މިއަދު އުތުރުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރާގައި ޅ.ނައިފަރުގެ ބައެއް ސަރަހައްދު ތަކުގައު ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ޅ.ނައިފަރުގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ނޯތް އޭރިއާގެ ސިފައިން ކުރަމުންދާކަމަށެވެ. އަދި މިހާރުވެސް ސިފައިން ދަނީ އެރަށުގައި ފެންހިންދުމުގެ މަަސައްކަތް ކުރަމުން ކަމުގައެވެ.

ނައިފަރުގައި ފެންބޮޑުވާން ދިމާވާ އެންމެބޮޑު ސަބަބަކީ މަގު ހަދަން އެރަށުގައި ކުރި މަސައްކަތުގައި އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވި އެމަސައްކަތް މިސަރުކާރު އައިފަހުން ހުއްޓާލުމާއި ގުޅިގެންނެވެ. ނައިފަރުގެ މަގުތަކުގެ ހާލަތަށް ވަގުތީ ހައްލެއް ގެނައުމަށް 2017 ވަނަ އަހަރު އެމް.ޓީ.ސީ.ސީ ގެ ވެހިކަލްތަކުގައި މަގުގެ ބޮޑެތި ވަޅުގަނޑުތަކަށާއި އަޑިގުޑަން ސަރަޙައްދުތަކަށް ވެލިއަޅައި އެއްވަރުކޮށްފައި ވީނަމަވެސް މަގުތަކުގެ ހާލަތަށް އެދެވޭ ހައްލެއް ލިބިފައި ނުވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިމުގައި ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތުގެ %85 މަސައްކަތް ނިމިފައިވަނިކޮށް މަސައްކަތް މިސަރުކާރުން ހުއްޓުވައި އިތުރަށް މަސައްކަތް ކުރިއަށްދާނެ އެއްވެސް ގޮތެއް ނުވާތީ އެރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު އުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.