އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2022 10:27
0

ވ.އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސްޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ. ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

ދައުވާ އިއްވުމުން ރައީސް ޔާމީން ވިދާޅުވީ ދައުވާ ސާފުވެ ވަޑައި ނުގަންނަވާ ކަމަށާއި އެ ކަނިކުފާނުގެ ހުރިހާ ވަކީލުންނާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ގާޒީ ވިދާޅުވީ، ދައުވާ ސާފުވިތޯ ޝަރީއަތުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ދައުވާ ސާފުވިތޯ ކަށަވަރުކޮށް، ދައުވާއަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ. ވ.އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސްޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާއި، ރ.ފުއްގިރި މައްސަލައިގައި އުފުލައިފައިވާ ދެ ދައުވާގެ ޙުކުމް އިއްވުން މިހާރު ވަނީ އަވަސްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރިން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމް ނޮވެމްބަރު 25ވަނަ ދުވަހަށް ތައާވަލުކުރަން ނިންމާފައިވާކަމަށް ބުނެފައެވެ. ނަމަވެސް މިހާރު އެހުކުމް ޖޫން މަހުގެ 30އަށް އަވަސްކޮށްފައިވާކަމުގެ މައުލޫމާތު ކްރިމިނަލް ކޯޓުން ދެއްވާފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.