އެންގޭޖްމެންޓަކީ ބޮޑު ޑްރާމާ ގަނޑެއް، ހަގީގަތެއް ނޫން: ދެވޮލީނާ

އެންގޭޖްމެންޓަކީ ބޮޑު ޑްރާމާ ގަނޑެއް، ހަގީގަތެއް ނޫން: ދެވޮލީނާ

Author
ފާތިމަތު ނާވީ
09 ފެބްރުއަރީ 2022 08:33
0

މިދިޔަ ހުކުރުދުވަހު ޚަބަރުތަކުގެ ސުރުހީން ޖާގަ ހޯދީ ދެވޮލީވާ ބަޓަޗާރްޖީ އާއި ވިޝާލް ސިންގް އެންގޭޖްވި ވާކައެވެ.

މި ދެމީހުން އެކުގައި ފެނިގެން ގޮސްފައިވަނީ ސިލްސިލާ ޑްރާމާ "ސާތު ނިބާނާ ސާތިޔާ" އިންނެވެ. މި ޑްރާމާގައި ވިޝާލް ކުޅެފައިވަނީ ދެވޮލީނާގެ ފިރިމީހާގެ ބޭބެގެ ރޯލެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އެންގޭޖްމެންޓް ރިންގާއި މާބޮނޑިއަކާއެކު މި ދެތަރިން ވަނީ "އިޓްސް އޮފިޝަލް" ޖަހާ ޕޯސްޓެއް ކޮށްފައެވެ.

ނަމަވެސް މިއީ ހަގީގަތެއް ނޫންކަމަށް ބުނެ މި ދެތަރިން އޭގެ ހައެއްކަ ދުވަސް ފަހުން މި ވަނީ ވާހަކަ ދައްކާފައެވެ. އަދި އެއީ އެމީހުންގެ ކުރިއަށް އޮތް ޕްރޮޖެކްޓްގެ ޕްރޮމޯޝަނެއް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މި ދެމީހުން އެކުގައި ކުޅޭ ލަވަ "އިޓްސް އޮފިޝަލް" އިއުލާން ކުރުމަށް ކުރިކަމެއް ކަމަށް ބުނެ އެކަން ވަނީ ފޭނުނާ ހިއްސާ ކޮށްފައެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެންގޭޖްމެންޓަކީ ހަގީގަތެއް ނޫނެއެވެ.

 

View this post on Instagram

 

A post shared by Devoleena Bhattacharjee (@devoleena)

މިއީ ޑްރާމާ "ސާތު ނިބާނާ ސާތިއާ" އަށް ފަހު މިދެތަރިން އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ގާތްގަޑަކަށް 11 އަހަރަށް ފަހު ދެތަރިން އެކުގައި ފެނިގެންދާ ފަހަރުވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.