ޖޭއެސްސީގައި ފަނޑިޔާރުންނަށް ތިބެވިގެން ނުވާނެ، ސިޔާސީ މީހުންނަށް ތިބެވެންޖެހޭ: ދޮންބިލެތް

ޖޭއެސްސީގައި ފަނޑިޔާރުންނަށް ތިބެވިގެން ނުވާނެ، ސިޔާސީ މީހުންނަށް ތިބެވެންޖެހޭ: ދޮންބިލެތް

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2022 04:48
0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގައި) ފަނޑިޔާރުންނަށް ތިބެވިގެން ނުވާނެކަމަށާއި، ނަމަވެސް އެކޮމިޝަންގައި ސިޔާސީ މީހުންނަށް ތިބެވެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް ބަހުސް ކުރައްވަމުން ދޮންބިލެތް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށާއި އެމްޑީޕީން އެ ބަދަލަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޖޭއެސްސީއަށް ގެންނަންވީ އެންމެ ބޮޑު ބަދަލަކީ ކޮމިޝަންގައި ފަނޑިޔާރުންނަށް ތިބެވޭނެ ގޮތް ބަދަލު ކުރުންކަމަށެވެ.

ފަނޑިޔާރުންނަކީ އެއްވެސް އިންތިޚާބީ މަޤާމަކަށް ނުވާއިރު، ކޮމިޝަންގައި އިންތިޚާބި މެމްބަރުން ތިބިބުމަކީ ކޮމިޝަންތައް އެންމެ ރަނގަޅަށް ހިނގުމަށް ލިބޭނެ ހިތްވަރެއްކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރުން މައްސަލަ ބަލުމަށްފަހު ޖޭއެސްސީއަށް ވަދެ އެކަންކަމާއި ގުޅޭގޮތުން ގޮތް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުންނަށް ޖޭއެސްސީގައި ތިބެވޭ ތިބުމަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.

ނަމަވެސް ޖޭއެސްސީގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މަޖިލިސް މެމްބަރުނަކީ އިންތިޚާބީ މެމްބަރުންނަށް ވާއިރު ރައްޔިތުން އެދޭ ކަންކަން ހާސިލް ކުރެވޭނީ އިންތިޚާބީ މަޤާމުތަކުގައި ތިބޭ ބަޔަކަށް ކަމުގައެވެ.

ބައެއް ފަހަރަށް އަޅުގަނޑުމެންނަށް އިނގިލި ދިއްކުރެވެނީ މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ކަމަށް ވަންޏާ އިންސާފެއް ނުހޯދޭނެއޭ. ނޫން. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ އިންނަވަނީ ރައްޔިތުންގެ ވޯޓަކުން އެ ތަނަށް އިންތިހާބު ވެގެން.

– ދޮންބިލެތް ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެއެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން ބަދަލު ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ދައުރު ނިމުމަކާއި ގާތަށް ދާއިރުވެސް އަދިވެސް އެމަސައްކަތް ކުރެވިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖާހިލުންގެ ސަރުދާރު
މީނައަށް އެނގޭބާ ޖުޑީޝަލްގެ މާނަ. ހުސް ފަތްބޯ މީހުންނާ ފަތް ވިއްކާ މީހުން އެ ކޮމިޝަނަށް ލާ. ޖާހިލަސް ބޮޑުވަރިތީ. ޥާނުވާ ނޭނގޭ އެއްޗެހިންނަށް ބޮޑެތިހާ މަޤާމު ހަވާލުކުރީމަ ވާނެ ހައެތި މިވަނީ.
ާ ާޢަލީ އާދަމް
ތިންްބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމެކޯ؟ މަޖިލީހުގެ ރައީސް ޖުޑިސަރީގައި އިނީމަ ކޮންޗަކަށް މިވަނީ..
ރ ރަނާ
ކޯޓުތަކުގައިވެސް މިހާރު އެތިބީ ސިޔާސީ މީހުނެއްނު . ފުލުހުންގެ ތެރޭގަ ސިފައިންގެ ތެރޭގަ ހައްތާވެސް ސިޔާސީ މީހުން . ލަދުހަޔާތް މަދަސް ބޮޑުވަރު. ރައްޔިތުންގެ ވޯޓަކުން ނޫން ޕާޓީގެ އެކްޓިވިސްޓުންގެ ވޯޓުން ހޮވިގެން އިންނަނީ .
މ މީކާއީލް
Fadiyaarugeygaves baithinbaaa siyaasy meehun