ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

Author
މުޙައްމަދު ޖިމީ
07 ފެބްރުއަރީ 2022 02:13
0

އެކި މައްސަލަތަކާ ގުޅިގެންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ. އެގޮތުން، ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ  82 މައްސަލައެއް / އިންސިޑެންޓެއްގައި ހިމެނޭ  717 ފުޅި ބަނގުރާއާއި 67 ބިޔަރު ދަޅާއި ނުވަ ޕެޓް ފުޅިއާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 46 އައިޓަމެވެ.

މިއަދު ނައްތާލި ތަކެއްޗަކީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. އަދި އިންސިޑެންޓްތަކުން ނައްތާލާފައިވާނީ ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލެވެ.

4

ބަނގުރާ ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން، އެކަމަށް އެކުލަަވައިލި ޓީމަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.