ކައިލީ ވިހައިފި

ކައިލީ ވިހައިފި

Author
ފާތިމަތު ނާވީ
08 ފެބްރުއަރީ 2022 07:54
0

ރިއަލިޓީ ޓީވީ ތަރި އަދި މޮޑެލް ކައިލީ ޖެނާ ވިހައިފިއެވެ.

އޭނާއަށް ލިބުނީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި އޭނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

މިއީ ކައިލީ އާއި ލަވަކިއުންތެރިޔާ ޓްރެވިސް ސްކޮޓްގެ ދެ ވަނަ ދަރިފުޅެވެ. އެމީހުންގެ ދޮށީ ދަރިފުޅަކީ މިހާރު އުމުރުން 4 އަހަރުގެ ސްޓޯމީ ވެބްސްޓަރ އެވެ.

ކައިލީ ވިހެއީ މިމަހުގެ ދެވަނަ ދުވަހުއެވެ. އޭނާ ވަނީ އިންސްޓަގްރާމަގައި ދަރިފުޅުގެ އަތުގައި ހިފައިގެން ހުރި ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އަދި ޓްރެވިސް ވެސް ވަނީ ސްނެޕްޗެޓްގައި މިފަދަ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އޭނާ މި ފޮޓޯ ޕޯސްޓް ކުރަމުން ނޫ ކުލައިގެ ހާޓް އިމޯޖީ އަކާއެކު ތާރީހް ވަނީ ޖަހާފައެވެ.

 

View this post on Instagram

 

A post shared by Kylie ???? (@kyliejenner)

ކައިލީ ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މީޑިއާގައި ކައިލީ ވަނީ ގިނަ ދަރިން ބޭނުން ކަމަށް އެތަށް ފަހަރަކު ބުނެފައިއެވެ.

ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނުކަަން ލިބިފައިވާ ފަރާތެކެވެ. ކައިލީ ކޮސްމެޓިކްސްގެ ނަމުގައި އަމިއްލަ ކުންފުންޔެއް ވެސް އޭނާގެ އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.