ދުނިޔެއިން ވެސް ނިންމާފައިވަނީ މިސަރުކާރަކީ "C" ކެޓަގަރީ ސަރުކާރެއްކަން: ޝުޖާ

ދުނިޔެއިން ވެސް ނިންމާފައިވަނީ މިސަރުކާރަކީ "C" ކެޓަގަރީ ސަރުކާރެއްކަން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 11:12
0

މިހާރު އޮތް ސަރުކާރަކީ ނާގާބިލް ސަރުކާރެއްކަން ދިވެހި ރައްޔިތުން ޤަބޫލުކޮށްފައިވާއިރު، ދުނިޔެއިންވެސް ބުނެފައިމިވަނީ މިސަރުކާރަކީ "C" ކެޓަގަރީ ސަރުކާރެއް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން އާންމުކުރި ރޭޓިންގައި ރާއްޖެ ވަނީ ކްރެޑިޓް ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ. ސަބަބެއްކަމށް ފިޗުން ބުނެފައިވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުންކަމަށެވެ. ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އޮތްކަންވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ލަފާކޮށްފައިވާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލުމުން އަރައިގަނެވޭނީ 2022 ވަނަ އަހަރުއެވެ.

މިހިސާބުތަކާއި ގުޅިގެން ދުނިޔޭގެ ކުރިމަތީގައި ސަރުކާރާއިމެދު ދެކޭ ގޮތް ހާމަވެ، ސަރުކާރާއިމެދު އޮތް އިތުބާރު ގެއްލިފައިވާކަމަށް ޝުޖާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ. މިސަރުކާރުގެ ފާއިތުވެދިޔަ ދުވަސްތަކުން ދިވެހި ރައްޔިތުންނަށް މިސަރުކާރަކީ ނާގާބިލް އެއްވެސް ހަރުދަނާކަމެއް ނެތް ސަރުކާރެއްކަން ބުނަމުންދާއިރު އެއަޑު މިސަރުކާރުން ނޭހުމުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ބައިނަލް އަގުވާމީ ޤައުމުތަކުގެ މެދުގައި މިއަދު ރާއްޖޭގެ ރައްޔިތުން ބުނަމުންދިޔަ ވާހަތަކަކީ ތެދު ހަގީގަތްކަން މިއަދު ހާމަވެފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ.

ފިޗުން ބުނެފައިވަނީ ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެ އަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ. ފިޗްއިން ރާއްޖެ ރޭޓް ކުރިއިރު، ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރި، "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފައިވަނީ އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.