ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސައާއި، ލަންކާގެރައީސް ގޮތާބަޔާ ރާޖަޕަކްސައަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ފޮނުވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
As Sri Lanka ???????? celebrates its 74th Independence Day, the Maldivian people join me in conveying to President @GotabayaR, PM @PresRajapaksa and our cousins, the Sri Lankan people heartiest congratulations and felicitations.
— Ibrahim Mohamed Solih (@ibusolih) February 4, 2022
އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.
ސްރީލަންކާއަށް މިނިވަންކަން ލިބުނީ 4 ފެބުރުވަރީ 1948ގައެވެ. ސްރީލަންކާއާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 26 ޖުލައި 1965 ގައެވެ.
ކޮމެންޓު ފޮނުވާ