ޕެރިސް އެއްބަސްވުން އިޔާދަކުރުމަށް ގޮވާލާ، ރައީސް ނަޝީދު ތަހުނިޔާ ބައިޑަންއަށް

ޕެރިސް އެއްބަސްވުން އިޔާދަކުރުމަށް ގޮވާލާ، ރައީސް ނަޝީދު ތަހުނިޔާ ބައިޑަންއަށް

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 09:01
0

އެމެރިކާއިން ރަސްމީކޮށް ޕެރިސް އެއްބަސްވުމުން ވަކިވި ވަކިވުން އަލުން އިޔާދަކުރުމަށް އެމެރިކާގެ ރައީސްކަށް އިންތިޚާބް ވެފައިވާ ބައިޑަންއަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމެރިކާގެ މިހާރުގެ ނަތީޖާ ދައްކާގޮތުން، މިހާރުގެ ރައީސް ޑްރަމްޕަށް އިންތިޚާބް ކާމިޔާބު ކުރެވޭނެ ހަމަ އެއްވެސް ގޮތެއްނެތެވެ. އިންތިޚާބް ބައިޑަން އަށް ކާމިޔާބްވެފައިވާކަމަށް ރަސްމީކޮށް ކަނޑަނޭޅި ނަމަވެސް މިހާރުގެ ނަތީޖާ ދައްކާ ގޮތުން ބައިޑަން އިންތިޚާބްވާނެކަމަށް ބަލައި އެމެރެރިކާއިން ވަނީ އޭނާއަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށް ދީފައެވެ. ނަތީޖާތައް ދައްކާގޮތުން ދުރާލާ ވޯޓު ލާފައިވާ މީހުންގެ ޖުމްލަ %70 ވޯޓު ބައިޑަން ކާމިޔާބު ކުރައްވާނެއެވެ.

ބައިޑަން އަށާއި އޭނާގެ ރަނިންމޭޓަށް ތަހުނިޔާ ވިދާޅުގެ މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ބައިޑަންއާއި އޭނާގެ ނައިބް ރައީސްގެ ކިބައިން މިކާމިޔާބީއާއިއެކު އެމެރިކާއިން އިއްޔެ ވަކިވި ޕެރިސް އެގްރިމަންޓާއި އަލުން ގުޅި ދުނިޔެ ސަލާތްކުރުމަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެމެރިކާ އޮތީ ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ޖައްވުގެ ތެރެއަށް ވިހަ މާއްދާތައް ދޫކުރާ ޤައުމުގެ ގޮތުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު މީގެ ކުރިންވަނީ މޫސުމީ ބަދަލާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިކުރައްވާނެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިކުރައްވާނެކަމަށް ރައީސް ޓުރަންޕު އެންމެ ފުރަތަމަ އިޢުލާނުކުރައްވާފައިވަނީ 2017ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުން ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ރައީސް ޓްރަންޕު ވިދާޅުވީ އެ އެއްބަސްވުމުގެ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއިން އޮވެއްޖެނަމަ އެ ޤައުމުގެ އިޤްތިޞާދަށް ގެއްލުންވާނެކަމަށެވެ. އެއްބަސްވުން ވަކިވުމަށް އދގައި އެމެރިކާއިން ރަސްމީކޮށް އެދިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 4ވަނަ ދުވަހުގައެވެ. މިއީ 2015ވަނަ އަހަރު ޕެރިސް އެއްބަސްވުން އެކުލަވާލިފަހުން 197 ޤައުމު ހިމެނޭ އެއްބަސްވުމުން ޤައުމެއް ވަކިވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަންނަ ގޮތަކުން އެމެރިކާއިން އަލުން ޕެރިސް އެއްބަސްވުމުގައި ބައިވެރިވުން އެކަށީގެންވެއެވެ. މިހާރުގެ ރައީސް ޓްރަންޕު ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާފައިވާ ނަމަވެސް އެމަނިކުފާނާއި ދެކޮޅަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންވަނީ އޭނާއަށް އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އެމެރިކާއިން އަލުން ޕެރިސް އެއްބަސްވުމުގައި ބައިވެރިކުރާނެކަމަށް ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.