3 ހަފްތާއަށް ފަހު ލަތާ ވެންޓިލޭޓަރުން ނަގައިފި

3 ހަފްތާއަށް ފަހު ލަތާ ވެންޓިލޭޓަރުން ނަގައިފި

Author
ފާތިމަތު ނާވީ
01 ފެބްރުއަރީ 2022 02:40
0

މިދިޔަ މަހުގެ 8 ވަނަ ދުވަހު ހޮސްޕިޓަލު ގައި އެޑްމިޓް ކުރި ބޮލީވުޑްގެ ކުރީގެ ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

ލަތާ އެޑްމިޓް ކުރީ ކޯވިޑް ޖެހުމުގެ އިތުރުން ނިއުމޯނިއާވެސް ޖެހިގެންނެވެ. 3 ހަފްތާއަށް ވުރެ ގިނަ ދުވަސް ފަހުން އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައި ވާކަމަަށް މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ހާލަތު ރަނގަޅު ވަމުން ދިޔަ ނަމަވެސް އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް އަދި ނޭނގެއެވެ.

އިންޑިއާގެ އާންމު ރައްޔިތަކަށް ދޭ އެންމެ މަތީ ދަރަޖަ ބާރަތު ރަތުނާ، 2001 ވަނަ އަހަރު ދީފައިވާ ލަތާގެ އެތައް ހާސް ލަވަތަކެއް މިހާތަނަށް ވަނީ ރެކޯޑް ކޮށްފައެވެ. މިހާރުވެސް އޭނާގެ ލަވަތަކަކީ ގިނަ ބަޔަކު އަޑު އަހަމުން ދާ ލަވަތަކެކެވެ.

އޭގެތޭރޭގައި "ލަގްޖާ ގަލޭ"، "ޕިޔާރު ކިޔާތޮ ޑަރްނާ ކިޔާ"، "ބާހޯމެ ޗަލިއާ" ފަދަ ލަވަ ތަކަކީ މިއަދުވެސް އެއްވެސް ފަނޑުކަމެއް ނެތް ލަވަތަކެވެ. ލަތާ ވަނީ އެތައް ސަތޭކަ ފިލްމަށް އެކި ބަހުރުވައިގެ ލަވަ ކިޔައިދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.