ނާގިން-6ގެ ލީޑުން ފެންނާނީ ތޭޖަސް

ނާގިން-6ގެ ލީޑުން ފެންނާނީ ތޭޖަސް

Author
ފާތިމަތު ނާވީ
01 ފެބްރުއަރީ 2022 01:02
0

"ނާގިން"ގެ ހަވަނަ ސީޒަނަށް މިހާރު ތައްޔާރުވަމުން އަންނައިރު މި ސިލްސިލާގެ ލީޑުން ފެންނާނެ ތަރިއަކީ ކޮބައިކަމާއި މެދު މީގެކުރިން ވަނީ ސުވާލު އުފެދިފައެވެ. އަދި މި ރޯލު ކުޅޭނެ ބަތަލާ އަކާއި ބޭހޭގޮތުން ވަނީ ގިނަ އަޑުތަކެއް އަރާފައެވެ.

ނަމަވެސް މި ސީޒަންގެ ލީޑުން ފެންނަ ތަރި މިހާރުވަނީ ޔަގީން ވެފައިއެވެ. "ބިގް ބޮސް15″ ކާމިޔާބު ކުރި ތޭޖަސްވީ ޕްރަކާޝް މި ޑްރާމާއިން ފެނިގެން ދާގޮތް މިހާރު ވަނީ ދައްކައިލާފައެވެ. އެހެން ކަމުން ތޭޖަސް އަށް ވަނީ ދެ އުފާ އެއްފަހަރާ ލިބިފައެވެ.

"ނާގިން"ގެ ސިލްސިލާ އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޑްރާމާއެކެވެ. ހަރުފަތަކެއް އުޅޭ މި ޑްރާމާ އަކީ އިންޑިއާގަަައި އުފެއްދި މިފަދަ ފުރަތަމަ ޑްރާމާއެވެ.

 

View this post on Instagram

 

A post shared by Erk❤️rek (@ektarkapoor)

ތޭޖަސްވީ ވަނީ މީގެ ކުރިންވެސް ރީތި ގިނަ ޑްރާމާ ތެކެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދާފައެވެ. އަދި އޭނާ ވަނީ "ޚަތުރޯކީ ކިލާޅީ" ފަދަ ރިއަލިޓީ ޝޯވ ތަކުންވެސް ފެނިގެން ގޮސްފައިއެވެ.

ކަލާސް އިން މިޑްރާމާ ދައްކަން ފަށާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ޑްރާމާ ދައްކާނީ ރާއްޖޭ ގަޑިން ރޭގަނޑު 7:30 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.