ޝާހްރުކު ޚާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީ އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު "ލަވް ހޮސްޓެލް" މި މަހު 18 ވަނަ ދުވަހު ޒީ5 އިން ޕްރިމިއާ ކުރާގޮތަށް ހަމަޖެހިއްޖެއެވެ.
މިދިޔަ އަހަރުވެސް ރެޑް ޗިލީއިން ވަނީ ފިލްމެއް ނެރެފައެވެ. އެ ފިލްމުވެސް ޕްރިމިއާ ކުރީ ހަމަ ޒީ5 އިންނެވެ. އެއީ އަބީޝޭކް ބައްޗަން އާއި ޗިތުރަންގްދާ ސިންގ ފެނިގެން ދިއަ "ބޮބް ބިސްވާސް" އެވެ.
ކޯވިޑްގެ ސަބަބުން މިދިޔަ ދެ އަހަރެއްހާ ދުވަހު ޑިޖިޓަލް ޕްލެޓްފޯމް ތަކުގައި ފިލްމު އެޅުވުން ވަނީ އާންމުވެފައެވެ.
ބޮލީވުޑް ހަންގާމާއިން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ޓްރެއިލާ މި މަހުގެ ފުރަތަމަ ހަފްތާގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ޝަންކަރް ރަމްނަ ޑައިރެކްޓް ކޮށްފައިވާ މި ކްރައިމް ތުރިލާ އިން ފެނިގެން ދާނީ ވިކްރާންތު މަސީ އާއި ބޮބީ ޑިއޯލް އަދި ސާނިއާ މަލްހޮތުރާއެވެ.
ކޮމެންޓު ފޮނުވާ