ތަމަޅަ ބޮލޮކްބަސްޓާ ފިލްމެއް ކަމުގައިވާ "ސޫރަރާއި ޕޮޓްރޫ"ގެ ހިންދީ ރިމޭކަށް ބޮލީވުޑްގެ ސުޕަސްޓަރ އަކްޝޭ ކުމާރު ސޮއިކޮށްފިއެވެ.
ޓެލުގޫ އިންޑަސްޓްރީގެ އެންމެ ޑިމާންޑް ބޮޑުއެއް އެކްޓަރު ކަމުގައިވާ ސޫރިޔާ ކުޅެފައިވާ މި ފިލްމަކީ "އެއަރ ޑެކަން" ގެ ފައުންޑަރ ކެޕްޓަން ޖީ.އާރް ގޯޕީނާތުގެ ދިރިއުޅުމަށް ބިނާކޮށްގެން އުފައްދާފައިވާ އަސަރުގަދަ ބަޔޮޕިކެކެވެ.
ސޫރިޔާ އަކީ ޓެލުގޫ ފިލްމު އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެއް އެކްޓަރެވެ. އޭނާގެ ގިނަ ފިލްމު ތަކަކީ ބްލޮކްބަސްޓާ ފިލްމުތަކެވެ.
ހުއްޓުމެއް ނެތި އެންމެ ބިޒީއެއް އެކްޓްރުގެ ގޮތުގައި ފާހަގަ ކުރެވޭ އަކްޝޭގެ އަތުގައި މިހާރުވެސް ބޮޑެތި ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އަދި އޭނާ އަންނަނީ ފިލްމް ތަކުގެ ޝޫޓިންގ ވެސް ކުރިއަށްގެންދަމުންނެވެ.
ފިލްމަކު ފުލު ފިލްމެއްގައި ސޮއިކުރަމުން އަންނަ އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކްރިތީ ސެނޮން އާއެކު "ބައްޗަން ޕާންޑޭ" އިންނެވެ.
ކޮމެންޓު ފޮނުވާ