ކުޅަދާނަ ޑައިރެކްޓަރ ސަންޖޭލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވަޅީ" އަންނަ މަހުގެ 25 ގައި ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފިއެވެ.
ކޯވިޑް-19ގެ ސަބަބުން ފަސްކުރަމުން ކުރަމުން ގޮސް އެންމެ ފަހުން މި ފިލްމަށް ތާރީހެއް ކަށަވަރު ވީއިރު މިފަދަ އެތައް ފިލްމެއް އަދިވެސް ރިލީޒް ނުކުރެވި އެބަހުއްޓެވެ.
މި ފިލްމު ރިލީޒްކުރަން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހަކީ މި މަހު 06 އެވެ. އޭގެ ފަހުން ފެބުރުވަރީ 18ގައި ރިލީޒްކުރަން ވެސް ނިންމިއެވެ. ނަމަވެސް ފިލްމު ރިލީޒްކުރުން ފަސްކުރީ އާލިއާގެ ”އާރްއާރްއާރް“ އާ ފުށޫއަރާތީއެވެ.
މި ފިލްމުގައި އާލިއާގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝާންތަނޫ މަހޭޝްވަރީއާއި ވިޖޭ ރާޒްއާއި އިންދިރާ ތިވާރީއާއި ސީމާ ޕެހެވާއާއި އަޖޭ ދޭވްގަންއާއި އިމްރާން ހާޝިމީ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ