ރާއްޖޭގެ ކަންކަން ހަލާކުގެތެރެއަށް ވެއްޓެނީ ޖުޑީޝަރީގެ ތަފާތުކުރުންތަކުގެ ސަބަބުން: ޑރ.ޝަހީމް

ރާއްޖޭގެ ކަންކަން ހަލާކުގެތެރެއަށް ވެއްޓެނީ ޖުޑީޝަރީގެ ތަފާތުކުރުންތަކުގެ ސަބަބުން: ޑރ.ޝަހީމް

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2022 09:39
0

ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ ޖުޑީޝަރީގެ ބޭ އިންސާފުކަމާއި ތަފާތު ކުރުންތަކުގެ ސަބަބުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ މިނިސްޓަރ މަޚްލޫފްގެ ޝަރީޢަތް ކޯވިޑާއި ގުޅިގެން މަޑުޖައްސާލަން ނިންމާ، ނަމަވެސް ރައީސް ޔާމީންގެ ޝަރިޢަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތައާވަލުކުރުމާއި ގުޅިގެންނެވެ.

ޑރ.ޝަހީމް ވިދާޅުވީ، ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ ޖުޑީޝަރީގެ ބޭ އިންސާފުކަމާއި ތަފާތު ކުރުންތަކުންކަމަށެވެ. ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތިކަމާއި ނުފޫޒަށް ލެނބިގެންދާ ފަނޑިޔާރުގެއެއް އޮވެއްޖެނަމަ އެއީ ޤައުމުގެ ހަލާކުކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ ޖުޑީޝަރީގެ ބޭ އިންސާފުކަމާއި ތަފާތު ކުރުންތަކުން. ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތިކަމާއި ނުފޫޒަށް ލެނބިގެންދާ ފަނޑިޔާރުގެއެއް އޮވެއްޖެނަމަ އެއީ ޤައުމުގެ ހަލާކު. ފަނިޑިޔާރުގެއިން ހަމަހަމަކަން ދަމަހައްޓަންޖެހޭ.

– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވަނީ މިދިޔަ އަހަރުގެ ނިވެމްބަރު މަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޯޓަށް ޙާޒިރުކޯށްގނެކްމަށް ވާތީ، ކޯވީޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ ޝެޑިއުލްކޮށް ކުރިއަށް ގެންިދއުމަށް ޤާޟީ ނިންމަވާފައިވާކަމަށެވެ.

މަޙުލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކުގެ ޝަރީޢަތް މިއަދު ހެނދުނަށް ވަނީ ތަޢާވަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފވައްމުލަކުމީހާ
ޔާމީނުގެވެރިކަމުގަޝަހީމުއަށްތިގޮތަވިދާޅުވާކެރުނުނަމަޝަހީމުވާހަކަތިދައްކަވަނީއިޚުލާސްތެރިކަމާއެކުކަމަގަބޫލުކުރެވުނީސް
ޚ ޚަންމަތި ފިހާރަ
ޥޭތުވެދިޔަ ސަރުކާރުގައި ޖުޖިޝަރީ ފުނޑާލައި އަތްބާނައި ހިތަށްއެރިހައި ގޮތަކަށް ރައްޔިތުންނާމެދު ކަންކުރިއިރު ޝަހީމު ހުންވީ ދުނިޔޭގަެިތޯ. އިލްމުވެރިން ވެސް އެމީހުން ރުހޭއިރު އެއްޗެއް ނުބުނެ ތިބެފައި ނުރުހޭ ދަނޑިވަޒލުގައި ވާހަކަދެއްކުމަކީ ގައުމުގެ ހަލާކުނޫންތޯ.