އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކަމާއެކު ކުރިއަށްދާނެކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަވަށްޓެރި އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަހުނިޔާ ދަންނަވާ ފޮނުއްވި މެސެޖުގައި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އަވައްޓެރި އަދި އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކަމާއިއެކު، ދެ ޤައުމުގެ ރައްޔިތުންނަށްވެސް އޭގެން މަންފާ ލިބޭނެ ގޮތަށް ކުރިއަށްދާނެ ކަމަށް އެކަނިކުފާނު ވިދާޅުވިއެވެ.
???? | Video Message by H.E. @abdulla_shahid, Minister of Foreign Affairs of the Republic of Maldives on the occasion of the 73rd #RepublicDay of India ????????, presented at the ceremony held at @HCIMaldives, on 26 January 2022. pic.twitter.com/gb4EiX0htW
— Ministry of Foreign Affairs ???????? (@MoFAmv) January 26, 2022
ޝާހިދު ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ޑިމޮކްރަސީ ގޮތުން ނަމޫނާ ޤައުމެއްކަމަށެވެ. އަދި މި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއާއި އިންޑިއާގެ ގުޅުން ފާހަގަކުރައްވާ ވިދާޅުވީ ދެ ޤައުމުގެ ގުޅުން އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން ދާކަން ޝާހިދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ދެމެހެއްޓުމަށްޓަކައި ދެއްވާ ސަޕޯޓަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރސް ޑރ. ޖައިޝަންކަރަށް ވަރަށް ޙާއްސަ ޝުކުރެއްވެސް ދަންނަވާފައެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ، 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.
ކޮމެންޓު ފޮނުވާ