މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެގޮތެއްނެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބެލި، ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޤާނޫނު އަސާސީން އެކުލަވާލާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން ޤާނޫނީ ހުސްކަމެއްގައި އޮތްއިރު، މައްސަލަތައް ނުބެލިދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން މެމްބަރު އުޝާމް ވިދާޅުވީ މިއަދު ސަރުކާރުގެ ތެރޭގައި ހިންގަމުންދާ، ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ގޮތެއް ނެތްކަމަށެވެ. މިމައްސަލަތައް ބެލުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވަނީ އޭސީސީއަށްވާއިރު، އޭސީސީގެ އެއްވެސް މެމްބަރެއްނެތި ޤާނޫނީ ހުސްކަމެއްގައި އޮތުމަކީ މިއަދު އޮތް ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
MDPއިން ވަރަށް ރޭވުންތެރިކަމާއެކު މަޖިލިސް ރިސެސް ދުވަސްވަރު ދައުރުންބޭރު ޖަލްސާ ބާއްވައިގެން ACC މިއޮތީ ގާނޫނީހުސްކަމަކަށް ދުއްވާލާފަ. ACCއަށް މެންބަރުން އައްޔަންކުރުން އަވަސްކުރަން ސަރުކާރުން ބޭނުމެއްނުވޭ. މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެގޮތެއްނެތް.
– އުޝާމް ވިދާޅުވިއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައިވާއިރު، ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ކޮންމެ އަހަރަކު އާއްމު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް ވެއްޓިފައެވެ. މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ. ސީ.ޕީ.އައިގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ.
2020 ވަނަ އަހަރުގެ ސީ.ޕީ.އައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 40 ޕޮއިންޓާއެކު 85 ވަނައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައި ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒުކުރުމުގައި އަދިވެސް ފަހަތަށް ޖެހޭކަމަށެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ، ރާއްޖޭގައި އެކި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ