ދަނޫޝް އާއި އައިޝްވާރިޔާ ވަކިވީ ސަބަބަކީ މިއީ!

ދަނޫޝް އާއި އައިޝްވާރިޔާ ވަކިވީ ސަބަބަކީ މިއީ!

Author
ފާތިމަތު ނާވީ
26 ޖެނުއަރީ 2022 02:40
0

ސައުތުގެ ތަރި ދަނޫޝް އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ރަޖްނީކާންތުގެ ކައިވެނި ނިމުމަށް އައިސްފައިވާކަން އިއުލާން ކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
12 އަހަރު ފަހުން މި ކައިވެނި ނިމުމަކަށް ގެނެސްފައި ވާއިރު، މި ޚަބަރު ދަނޫޝް ހިއްސާ ކުރީ ޓްވީޓކުންނެވެ.

މި ޚަބަރާއެކު ދަނޫޝްގެ އެތައް ފޭނުންނަށް ވަނީ ޝޮކު ލިބިފައެވެ. މިކުއްލި ޚަބަރުން ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ރިޕޯޓަތައް ބުނާގޮތުގައި މި ކައިވެނި ރޫޅޫމުގެ އަސްލަކީ ދަނޫޝްގެ ބިޒީ ޝެޑިއުލެވެ. އޭނާއަކީ ވަރަށް ބިޒީ އެކްޓަރެކެވެ. އެހެން ކަމުން އާއިލާއިން ބޭނުންވާ ވަގުތު އާއިލާއަށް ނުދެވުމުގެ އަސްލަކީ މި ކައިވެނި ރޫޅޫމެވެ.

އަދި ފިލްމަކަށް ސޮއިކޮށްފި ނަމަ އެފިލްމަކަށް ވަގުތުދީ، 100 ޕަސެންޓް ދިނުމަކީ ދަނޫޝްގެ މޮޅު އެކްޓިން ކޮންމެ ފިލްމަކުން ފެނިގެން ދިއުމުގެ ސަބަބެވެ. އެހެން ކަމުން އާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވޭތީ އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމާއި، ދުރުކަން ދިރިއުޅުމަށް އައީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވަރިއަށް ފަހު ދަނޫޝް ގެއަށް ނުވަދެ ދެދުވަސް ވަންދެއް އުޅުނެވެ. އެއީ ރަޖްނިކާންތާ ކުރިމަތިލާން ބޭނުން ނުވުމުން ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ރަޖްނީކާންތުގެ އެއްވެސް ވާހަކައަކަށް ދެކޮޅު ހަދާނެ ހިތްވަރު ދަނޫޝްގެ ކިބައިގާ ނެތް ކަމަށާއި ރަޖްނިކާންތަށް އޭނާ ވަރަށް އިހްތިރާމް ކުރާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ސައުތުގެ ސުޕަސްޓަރ ރަޖްނީކާންތުގެ ދެދަރިންގެ ކައިވެނިވެސް އެގޮތަށް ރޫޅިފައި ވާއިރު އައިޝްވާރިޔާގެ ކުރިން ސޮންދަރިޔާގެ ކައިވެނި ވަނީ ރޫޅިފައެވެ.

ބިޒީ ދިރިއުޅުމެއް ބޭނުން ވާތީ މިހާރު ދަނޫޝް ވަނީ ބޮލީވުޑްގެ ބޮޑު ބަޖެޓްގެ އިތުރު ދެ ފިލްމަކަށް ސޮއިވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަނާ
ޥަރިއަށްފަހު ދަނޫޝް ކީއްކުރަން ރަޖްނީ ކާންތް ގެއަށް ވަންނަންވީ. ދަނޫޝްގެ ގެއަށްް ވަނަކަސް ރަޖްނީކާންތްއާ ކުރިމަތިލާކަށްް ނުޖެހޭނެތާ !