ސަމަންތާ ސްވިޒަލޭންޑްގައި މަޖާ ނަގަނީ

ސަމަންތާ ސްވިޒަލޭންޑްގައި މަޖާ ނަގަނީ

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2022 03:53
0

ސައުތު އިންޑިއާގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރި ކަމުގައިވާ ސަމަންތާ ރުތު ޕްރަބޫ ސްވިޒަލޭންޑްގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސަމަންތާގެ ވާހަކަތައް ފަހަކަށް އައިސް ފަލަ ސުރުހީއަށް އެރީ އޭނާގެ ކައިވެނި ރުޅާލި ޚަބަރާއެކުގައެވެ. މީގެ އިތުރުން އޭނާގެ އައިޓަމް ސޯންގް "އޫ އަންޓަވާ"ގެ ވާހަކަތައްވެސް ވަނީ ޚަބަރުތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައެވެ.

ސަމަންތާގެ ކައިވެނި ރޫޅާލި ޚަބަރުން ގިނަބަޔަކަށް ވަނީ ހައިރާންކަން ގެނުވާފައެވެ. ސަމަންތާ އާއި ޗައިތަނިޔާގެ 4 އަހަރުވީ ކައިވެނި މިދިއަ އަހަރު ފަހުކޮޅު ނިމުމަކަށް ގެނެސްފައި ވާއިރު މި ދެތަރިންވެސް އަންނަނީ އެމީހުންގެ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެމުންނެވެ.

އެގޮތުން ޗައިތަނިޔާ އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް ހަރަކާތްތެރި ވަމުންނެވެ. ނަމަަވެސް ސަމަންތާ މަސައްކަތުން ޗުއްޓީއެއް ނަގައިގެން މިވަގުތު ހުރީ ސްވިޒަލޭންޑްގައެވެ.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

ސަމަންތާ ވަނީ އޭނާ ސްކީ ކުރާ ވީޑީއޯކޮޅެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން ޗުއްޓީގެ ގިނަ ފޮޓޯތަކެއްވެސް އޭނާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.