ރާއްޖޭގައި ޤިސާސް ހިފަންކެރޭނެ ސަރުކާރެއް އުފައްދާނަން: ޢުމަރު

ރާއްޖޭގައި ޤިސާސް ހިފަންކެރޭނެ ސަރުކާރެއް އުފައްދާނަން: ޢުމަރު

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2022 11:25
0

ޤިސާސް އަކީ އެކަމުގައި ދިރުމެއްވާ ކަމެއްކަމަށާއި، ރާއްޖޭގައި ޤިސާސް ހިފަންކެރޭނެ ސަރުކާރެއް އުފައްދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ، އިއްޔެއަކީ، ރާއްޖޭގައި ޤިސާސް ހިފުމަށްޓަކައި، އެކަމުގެ ތައްޔާރީތައް ކުރުމަށް ހޯމް މިނިސްޓަރަށްކަށް ހުންނެވިއިރު އަމުރު ކުރެއްވިތާ 8 އަހަރު ފުރުމާއި ގުޅިގެންނެވެ. ޢުމަރު ވިދާޅުވީ، ފުރާނަ އެއް ދުއްވާލާމީހާ ޤިސާސް ނުހިފާ ޖަލަށް ލުމަކީ ދައުލަތަށް ލިބިގެންވާ ހައްޤެއް ނޫންކަމަށެވެ. އެއީ މަރުވިމީހާގެ އާއިލާގެ ހައްޤެއްކަމަށާއި، މިއީ އަދުލުވެރިކަން ޤާއިމް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ތަންފީޒު ކޮށްދޭން ޖެހޭ ހުކުމެއްކަމަށް ޢުމަރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ރާއްޖޭގައި ޤިސާސް ހިފަންކެރޭނެ ސަރުކާރެއް އުފައްދާނަން. ޤިސާސް އަކީ އެކަމުގައި ދިރުމެއްވާ ކަމެއް.

– ޢުމަރު ނަސީރު

ރާއްޖޭގައި މަރަށް މަރުހިފުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށިއެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ބައިނަލްއަޤްވާމީ ގިނަ ފިއްތުންތަކެއް ކުރިމަތިވިކަމަށް ހާމަކޮށްފައިވެއެވެ.

ރައީސް ޔާމީން ވަނީ، މަރަށް މަރު ހިފުމާއި، އިލާމީ ޝަރީޢަތުގައިވާ ޤިޞާޞް ހިފާނެކަން ފާޅުގައި ވިދާޅުވެފައެވެ. އަދި މަރަށް މަރު ތަންފީޒުކުރަން ރާއްޖޭގައި ފަށްޓަވާނެކަމަށްވެސް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.