ގަމު ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ރަނުން ރަނަށް!

ގަމު ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ރަނުން ރަނަށް!

Author
މުޙައްމަދު ޝަޒައިމް
06 ނޮވެމްބަރ 2020 05:33
0

ގަމަށް ދިމާވެފައިވާ ކަންރަންޓުގެ މައްސަލަޔަށް ހައްލު ގެނެސް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ގަމުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ގަމުގައި ގާއިމްކުރި ސެންޓްރަލް ޕަވާ ޕްލާންޓުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހައެއްކަމަށް ވިދާޅުވެ ސައީދު ވަނީ މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ފެނަކައިގެ ހުރިހާ މުވައްޒިފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ލ.މަގު ސެންޓްރަލް ޕަވާ ޕްލާންޓުގެ މަސައްކަތް ނިމި މިމަހު ޚިދުމަތް ދޭން ފެއްޓިގެން ދިއުމަކީ އުފާވެރިކަމެއް. ފެނަކައިގެ މުރާލި މުވައްޒިފުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

– އަހުމަދު ސައީދު މުހައްމަދު

ސައީދުގެ މިޓްވީޓް ރީޓްވީޓް ކުރައްވައި އެދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ ވޭތިވެދިޔަ ސަރުކާރުން ގަމުގެ ރަށްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައިކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދީފައި ނުވާކަމީ ހިތާމަކުރައްވާ ކަމެއްކަމަށެވެ. ނަމަވެސް މިސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކަރަންޓުގެ މައްސަލަ ރަނުން ރަނަށް ހައްލުކޮށް ދެއްވާފައިވާކަމަށް ވިސާމް ވިދާޅުވިއެވެ.

ލ.ގަމުގެ ތިން އަވަށުގައި ވަކިވަކިން ހިންގަމުން އަންނަ އިންޖީނުގެތައް އެއްކޮށްލުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ގަމަށް ކަރަޓު ފޯރުކޮށްދިނުމަށް މިހާތަނަށް ފެނަކައިން ބޭނުންކުރަމުން އަންނަނީ ޖުމްލަ 1.2 ކިލޯވޮޓްގެ ކެޕޭސިޓީގެ ކަރަންޓެވެ. ނަމަވެސް މިހާރު މި ފޯރުކޮށްދޭން ފެށި ކަރަންޓު ގެއިން ގަމުގެ ހަކަތައިގެ ކެޕޭސިޓީ 4.5 ކިލޯވޮޓަށް އިތުރުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.