ބޮލީވުޑްގެ އެކްޓަރ ސައިފް އަލީ ޚާންގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާނާއި ޝްވޭތާ ތިވާރީގެ އަންހެން ދަރިފުޅު ޕަލަކް ތިވާރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބޮލީވުޑްގެ ޚަބަރުތަށް ބުނެފިއެވެ.
މި އަޑުގަދަވެގެން އުޅެނީ މި ދެމީހުން އެކުގައި ރެސްޓޯރެންޓަކުން ނުކުންނަ ތަން ޕަޕަރާޒީންގެ ލެންސްތަކަށް އެރުމާއެކުގައިއެވެ. ހަގީގަތުގައި މި ވާހަކައިގެ އަޑު އެހާގަދަވެގެން ދިޔައީ ޕަލަކް އުޅުނު ގޮތުން ކަމަށް ޚަބަރުތައް ބުނެއެވެ.
ފޮޓޯނަގަން ފެށުމާއެކު ފަލަކް ވަނީ މޫނުގައި އަތް އަޅައި ކެމެރާއަށް ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕަލަކްގެ މަސައްކަތް ނާކާމިޔާބުވެ ފޮޓޯތަކަށް ރީތިކޮށް އޭނާކަން އެނގޭ ގޮތަށް ވަނީ އަރާފައެވެ.
ޕަޕަރާޒީންނަކީ އަބަދުވެސް ސެލެބްރިޓީންނާއި އެމީހުންގެ ދަރިން އުޅޭގޮތް ބެލުމަށް ލޯ އަޅައަޅައި ތިބޭ ބައެކެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި މި ދެމީހުންނަކީ ހަމަ އެކަނި ރަހުމަތްތެރިންނެވެ. އެމީހުން ބޭރަށް ނުކުމެފައިވަނީ ރޭގަނޑުގެ ކެއުމަކަށް ކަމަށާއި ރަހުމަތްރި ކަމުގެ ގުޅުން ފިޔަވާ އިތުރު އެއްވެސް ގުޅުމެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އަދި ލޯބީގެ ގޮތުން ގުޅެން އެދެމީހުން މާ ހަގު ކަމަށް ވެސް ބުނެފައިވެއެވެ.
ޕަލަކާއި އިބްރަހީމް ވެސް އަންނަނީ ބޮލީވުޑަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ