ފަތުޚީ މަޖިލީހުގައި އިންނެވުމަކީ ޤައުމީ މަސްލަހަތަށް މިވަގުތު މުހިންމުކަމެއް: ޑރ.ޝަހީމް

ފަތުޚީ މަޖިލީހުގައި އިންނެވުމަކީ ޤައުމީ މަސްލަހަތަށް މިވަގުތު މުހިންމުކަމެއް: ޑރ.ޝަހީމް

ރާއްޖޭގައި މިއަދު ހުރި ޤައުމީ މައްސަލަތަކުގައި އަމަލީގޮތުން ބައިވެރިވެ، އެކަންކަމުގައި ހައްލު ހޯދަން މަސައްކަތް ކުރައްވާ ފަތުހީފަދަ ބޭފުޅަކު މިވަގުތު މަޖިލީހުގައި އިނުން ޤައުމީ މަސްލަހަތު މާބޮޑަށް ޖާގަދޭ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވެއްޖެއެވެ.

ޑޜ.ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު އިސްކޮށް ހަރަކާތްތެރިވި، އަދާލަތު ޕާޓީން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމަށް ނިންމިކަން ހާމަކޮށް ދައްކަަވާފައިވާ ވާހަތަކާއި ގުޅިގެންކަމަށް ބެލެވެއެވެ. އަދާލަތު ޕާޓީން ބުނެފައިވަނީ މިވަގުތު ޤައުމީ މަސްލަހަތަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުގައި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ރާޝިދަށް ތާއީދު ކުރުންކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވެފައިވަނީ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުޙީއަކީ ޤައުމީ މަސްލަހަތަށް ނުހަނު ބާރުއަޅުއްވައި، ޤައުމީ މައްސަލަތަކަށް ހައްލު ހޯދައި ދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ބޭފުޅެއްކަމަށެވެ.

ތައުލީމީ ގޮތުން ޝަރީއާ އިން ލޯ ދާއިރާއިން މަތީ ތަޢުލީމު ޚާސިލް ކުރައްވާފައިވާ ބޭފުޅަކަށް ފަތުޚީ ވެވަޑައިގަންނަވާއިރު، ރާއްޖޭގެ މަސްލަހަތު މިވަގުތު އޮތްގޮތުން މަޖިލީޙުގައި ފަތުޙީފަދަ ބޭފުޅަކު އިންނެވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

އުޘްތާޒު މޫސާ ފަތުހީއަކީ ޝަރީއާ އިން ލޯ ދާއިރާއިން މަތީ ތަޢުލީމު ޚާސިލް ކުރައްވާފައިވާ ޚިދުމަތްތެރި މާޒީއެއް އޮތް، ޤައުމަށް މިވަގުތު މުހިންމު އެތައް ކަމެއްގައި އަމަލީ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. މިފަދަ ބޭފުޅެއް މަޖިލީހުގައި އަމުދުން އިންނެވުމަކީ ވަރަށް މުހިންމުކަމެއް.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ތާއީދުކުރަން ނިންމި ނިންމުމުގެ ކުރިން އެޕާޓީން އިލްމުވެރިންގެ މަޖިލީޙުގެ ބައެއް މެމްބަރުންވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ނުދިނުމަށް ގޮވާލާފައެވެ. ޚާއްސަކޮށް، ދީނީ ކަންކަމުގައި ސަރުކާރުން މިފަހަކަށް އައިސް ގެންގުޅެމުންދާ ދޯހަޅި ސިޔާސަތުތަކަކީ ރައްޔިޔުން ގަބޫލު ނުކުރާ ސިޔާސަތުތަކެއްކަމަށް އެބޭފުޅުންވަނީ ވިދާޅުވެފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *