ފަރްދީން ޚާން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ފަރްދީން ޚާން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ފާތިމަތު ނާވީ
21 ޖެނުއަރީ 2022 04:18
0

އެކްޓަރ ފަރްދީން ޚާން ކޯވިޑް -19 އަށް ޕޮޒިޓިވް ވެއެޖެއެވެ.

އިންޑިއާގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޮސްވެފައި ވާކަމަށް ފަހުގެ ޚަބަރުތަށް ބުނެއެވެ. އަދި މިއީ މި ބަލީގެ ތިންވަނަ ރާޅުކަމަށް ވެސް ވަނީ ބުނެފައެވެ. ބޮލީވުޑްގެވެސް ގިނަ ބަޔަކު އަންނަނީ މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އަދި ހަމަ އެހެންމެ ބައެއް ބޮޑެތި ފިލްމު ތަކުގެ ޝޫޓިންގ ވެސް ވަނީ ކޯވިޑްގެ ސަބަބުން މެދުކަނޑާލައިފައެވެ.

ފަރްދީން ވަނީ އޭނާ ޕޮޒިޓިވް ވެފައިވާ ކަަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އަދި އޭނާއާ ކޮންޓެކްޓް ވެފައިވާނަމަ އަވަހަށް ޓެސްޓުކުރުމަށް ވެސް ވަނީ އެދިފައެވެ. އަދި އޭނާގެ ހާލު ރަނގަޅު މަކަށާއި މިވަގުތު ހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށް ވަނީ ބުނެފައެވެ.

ގިނަ ދުވަސްތަކަކަށް ބޮޑު ސްކްރީނާއި ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަ ފިލްމް "ވިސްފޮޓް"ގެ މަސައްކަތް، ރިތޭޝް ދޭޝްމުކާއި ކްރިސްޓަލް ޑި ސޫޒާއާއި އެކު ފަރުދީން ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.