ޝަހީރް ޝެއިޚްގެ ބައްޕަ ކޯވިޑް ބަލީގައި މަރުވެއްޖެ

ޝަހީރް ޝެއިޚްގެ ބައްޕަ ކޯވިޑް ބަލީގައި މަރުވެއްޖެ

Author
ފާތިމަތު ނާވީ
21 ޖެނުއަރީ 2022 01:33
0

ޑްރާމާ ސިލްސިލާތަކުން މަގުބޫލުކަން ހޯދައިފައިވާ އެކްޓަރ ޝަހީރް ޝެއިޚްގެ ބައްޕަ ކޯވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަރު ވެއްޖެއެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ޝަހީރް ހިއްސާ ކޮށްފައިވާ އިރު އޭނާގެ ބައްޕަ މަރުވެފައިވަނީ ބުދަ ދުވަހުއެވެ. އަންގާރަ ދުވަހުން ފެށިގެން ޝަހީރްގެ ބައްޕައަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ.

ޝަހީރަކީ މަގުބޫލު ގިނަ ޑްރާމާތަކެއް ކުޅެ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އެކްޓަރެކެވެ. މިހާރު އޭނާ ފެނިގެން ދަނީ "ޕަވިތުރަ ރިޝްތާ"ގެ ދެވަނަ ސީޒަނުން އަންކިތާ ލޮކަންޑޭ އާއެކުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.