ސަރުކާރު މެމްބަރަކު ހުރެގެން ދާއިރާތަކަށް ވާކަމެއް ހަމަ ހަރާން: ނާޒިމް

ސަރުކާރު މެމްބަރަކު ހުރެގެން ދާއިރާތަކަށް ވާކަމެއް ހަމަ ހަރާން: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
18 ޖެނުއަރީ 2022 10:37
0

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރަކަށް ވެގެން، އެދާއިރާއެއްގެ ތަރައްޤީއަށް ނުވަތަ ކުރިމަގަށް ވެފައިވާ އެއްވެސް ކަމެއް ފެންނަން ނެތްކަމަށް ވިދާޅުވެ އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ހަންނާންގެ ވަޢުދުތައް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަކީ އެކި ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލާފައި އޮތް ދާއިރާއެއްކަމަށެވެ. އިންތިޚާބާއި ދިމާކޮށް ކޮމަންޑޫ ދާއިރާގެ ތަރައްޤީ ކުއްލިއަކަށް ފެށި ކަމުގައި ވީނަމަވެސް ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ.

މިވީ ތިން ހަފްތާއެއްގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ކުރި ޒިޔާރަތުން ރައްޔިތުން ތިބި ހާލަތު ވަރަށް ރަނގަޅަށް ސާފުވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. ބައެއް އާއިލާތައް ބަނޑުފުރާ މުއްތި ކުރާނެ ގޮތްވެސް ނެތި، ނިކަމެތި ވަމުންދާއިރު، އާމްދަނީ ލިބޭނެ ގޮތާއި، ވަސީލައްތައްވެސް ނެތްކަމަށެވެ. މީހުންގެ ޖީބަށް ވަންނަ ފައިސާ މަދުވެ ރައްޔިތުން ނިކަމެތި ވުމަކީ ކިތަންމެ ތަރައްޤީއެއް ގެނަޔަސް ކުރިއެރުން އަންނާނެ ކަމެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެމްބަރަކަށް ވެގެން އެއްވެސް ދާއިރާއަކަށް އައި ކުރިއެރުމެއް ނެތްކަމަށެވެ. މިއީ 15 ވަރަކަށް އަރަކީވެސް ކޮމަންޑޫ ދާއިރާގައި އެމްޑީޕީ ތަމްސީލް ކުރި ދާއިރާއަކަށްވާއިރު އައި ކުރިއެރުމެއް ފެންނަން ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ސަރުކާރު މެބްރަކު ކުރެގެން ދާއިރާތަކަށް ވާކަމެއް ހަމަ ހަރާން. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މެމްބަރު މެދުވެރިކޮށް، ސަރުކާރަށް މަޖުބޫރުކޮށްގެންވެސް ކަންކަން ކޮށްދޭނަން. ސަރުކާރަށް ލާހިކެއެއްނޫން ދެން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލާކަށް. ދެން ނުހުއްޓޭނެ.

– ނާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގައި އެއާޕޯޓް އަޅާނެ ވާކަތަކާއި، ރިސޯޓް ތަރައްޤީ ކުރާނެކަމުގެ ވާހަތަކަކީ އެދާއިރާގެ ރައްޔިތުންނަށް މިއަދު އާވާހަކަތަކެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. އެވާހަތަކަކީ މީގެ 25 އަހަރު ކުރިންވެސް އަޑުއިވި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ވާހަކަތަކެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާއަށް ބޭނުންވާ ތަރައްޤީ މިއަދު ކުރެވިގެންދަނީ އެމްއެންޕީން ކުރި މަސައްކަތުން އަޑުފުލި މިންވަރުން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކޮމަންޑޫ ދާއިރާގެ ތަރައްޤީ މިސަރުކާރަށް ހުއްޓާލުމަކީ ދެން ވާނެ ކަމެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މަޖިލީހަށް ހާންނާން ހޮވި، މިކަންކަން ކުރުމަށް ސަރުކާރަށް މަޖުބޫރު ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.