މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގަނެފި

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގަނެފި

Author
އަހުމަދު
18 ޖޫން 2026 10:19
0

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ތިން ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، އަންގާރަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަނުގައި ޖުމްލަ 26 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އާޓިފިޝަލް ބީޗާއި، ހީނާމާގެ ޕާކިންގ ސަރަހައްދުގެ އިތުރުން ރަސްފަންނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީންނަށެވެ. ބަލައި ފާސްކުރެވުނު މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު ތިން މީހަކު ވަނީ ވަގުތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ސިލްސިލާކޮށް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ މީހުން ޑިޕޯޓޭޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް އެ އިދާރާއިން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.