މިނިސްޓަރ ޒާހިރު ކެމްޕެއިންގައި، އަދާލަތު ހަނު!

މިނިސްޓަރ ޒާހިރު ކެމްޕެއިންގައި، އަދާލަތު ހަނު!

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2022 03:39
0

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީން މިހާތަނަށް މިކެމްޕެއިންގައި ތާއީދުކުރާ ކެނޑިޑޭޓަކު ކަނޑަނޭޅި ނަމަވެސް، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ކެމްޕެއިންގައި ބައިވެރިވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ކޮމަންޑޫ ދާއިރާއަށް ކުރައްވާ ކެމްޕެއިންގައި އަދާލަތަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރ ޒާހިރު ގެންދަވަނީ ބައިވެރިވަމުންނެވެ. އަދި ކޮންމެ ރަށެއްގައިވެސް މިނިސްޓަރ ޒާހިރު ގެންދަވަނި ވާހަކަ ދައްކަވައި، މިނިސްޓްރީން ކޮށްދެވެން އޮތް ކަންތައްތަކުގެ ވާހަކަ ހިއްސާ ކުރަމުންނެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީންވަނީ މިއިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުތާކަން ހާމަކޮށްފައެވެ. ނަމަވެސް އެމްއާރުއެމްއާއި، އަދާލަތު ރަސްމީކޮށް އަދި ވަކި ގޮތެއް ނުނިންމައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމުހުގެ 21 ވަނަ ދުވަހު ރައީސް ނަޝީދާއި، ރައީސް ޞާލިހު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހމް ރަޝީދެވެ.

ފެބްރުއަރީ މަހުގެ 5ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
ޢަނެއްކާވެސް ގައުމުވިންކަންއުޅޭ ދީނާއިދިކޮޅުމީހުނަނައް ވޯޓުހޯދާދޭންނުކުތީދޯ
ރ ރާޟިދު
ޔަގީނުންވެސް މިއަދުގެ ސަރުކާރާ ގުޅުންހުރި ކެނޑިޑޭޓަކައް ހުރީ އެމް،ޑީ،ޕީ އައް ނިސްބަތްވާ ބޭފުޅެއްކަމުން މިއަދުގެ ސަރުކާރާ ގުޅިގެން ދާއިރާއައް އިތުރައް ކުރިއެރުން ގެނެވޭނެބޭފުޅަކައްހުރީ އެމް،ޑީ،ޕީ ގެ ކެނޑިޑޭޓު ހޮވިގެންކަން ޒާހިރައް އިނގިލައްވާތީ އެދާއިރާގެ ރައްޔިތުންނައް އެންމެފައިދާބޮޑީ އެގޮތްކަމުން ދާއިރާއައް ހެޔޮ އެދޭތީކަން ޒާހިރުގެ މިއަދުގެ ވާހަކައިން އިނގިގެންދިޔަ.. ހަގީގަތުގަވެސް މިސަރުކާރުން ރައްތައް ތަރައްގީ ކުރާނެކަން މިހާރުވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގްބޫލުކުރޭ.. މިހާތަނައް ސަރުކާރަކުން ނުކޮއްދޭހާ ގިނަ ތަރައްގީގެ މަޟްރޫތައް ވަނީ ކުރިއައް ގެންގޮސްފަކަން ރައްޔިތުން ގަބޫލުކުރައްވާ..