އިންޑިއާގެ ރީތީގެ ރާނީގެ ތާޖު 2000 ވަނަ އަހަރު ބޮލުގައި އެޅި މަޝްހޫރު ބޮލީވުޑް/ހޮލީވުޑް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ދަރިއަކު ހޯދުމާއި މެދު ވިސްނަމުން ދާކަމަށް ބުނެފިއެވެ.
39 އަހަރުގެ ޕްރިޔަންކާ ވަނީ އޭނާ އަށް ވުރެ 10 އަހަރު ހަގު ނިކް ޖޯނަސް އާއި 2008 ވަނަ އަހަރުގައި ކައިވެނިކޮށްފައިއެވެ. ކައިވެންޏަށް ފަހު މި ދެމަފިރިންނަށް ދަރިއަކު ހޯދުމާއި ބެހޭގޮތުން ކުރެވޭ ސުވާލުތަށް ވަރަށް ގިނައެވެ. ބައެއް އިންޓަވިއު ތަކުގައި ނިކް އަދި ޕްރިޔަންކާވެސް ވަނީ ދަރިން ހޯދަން ބޭނުންކަމަށް ބުނެ ވާހަކަ ދައްކައިފައެވެ. ހާއްސަކޮށް ނިކް ވަރަށް ގިނައިން ދަރިން ބޭނުން ވާކަމަށާއި ބައްޕަ އަކަށް ވުމަށް ކެތްމަދުވެފައި ހުރި ކަމަށް ބުނެ ވާހަކަދައްކައިފައި އެބަހުއްޓެވެ.
އެގޮތުން މި ފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ ދަރިއަކު ހޯދުމަކީ ވަރަށް ބޯޑު ޒިންމާއެއް ކަމަށާއި ނަމަވެސް މިހާރު އެކަމާއި މެދުގައި ވިސްނަމުން ދާކަމަށެވެ. އަދި މާއަވަސް އަރުވައިލައިގެން ދަރިއަކު ހޯދުމަށް ނުވިސްނާ ކަމަށް ވަނީ ބުނެފައިއެވެ.
މީގެ ކުރިން އެތަށް ފަހަރަކު ވަނީ ޕްރިޔަންކާ ބަނޑުބޮޑު ކަމަށް ބުނެ މީޑިއާގައި އަޑު ފެތުރިފައިއެވެ. ނަމަވެސް މީގެން އެއްވެސް ހަބަރަކީ ތެދު ހަބަރަކަށް ނުވެއެވެ. ބޮލީވުޑް އާއި ހޮލީވުޑްގައި ވެސް މަޝްހޫރު ޕްރިޔަންކާ އޭނާ އަށް 10 އަހަރު ހަގު މީހަކާ ކައިވެނި ކުރުމުން ގިނަބައެއްގެ ފާޑުކިއުން މި ޖޯޑަށް އަމާޒުވިއެވެ.