ހުޅުމާލޭގައި ގާއިމްކުރާ ދެވަނަ ކޮވިޑް ފެސިލިޓީ

ހުޅުމާލޭގެ ދެވަނަ ކޮވިޑް ފެސިލިޓީ އަންނަ މަހު ހުޅުވަނީ

ހުޅުމާލޭގެ ދެވަނަ ކޮވިޑް ފެސިލިޓީ އަންނަ މަހު ހުޅުވަނީ

ގުޅުންހުރި

ހުޅުމާލޭގައި ގާއިމްކުރާ ދެވަނަ ކޮވިޑް ފެސިލިޓީ އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެތަނުގައި އޮކްސިޖަން ކެޕޭސިޓީ ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

އެޗްޑީސީން ބުނީ އެތަނުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކުރުމުން ބައެއް ކަންކަން އިތުރަށް ކުރުމަށް އެ މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ހެލްތު މިނިސްޓްރީން އިތުރަށް ކުރަން ބުނި މަސައްކަތްތައް ކޮށް ނިންމާލެވޭނީ އަންނަ މާޗް މަހުގެ ތެރޭގައި،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.

އެއީ 200 މީހުންގެ ޖާގައިގެ ތަނެކެވެ. އެތަނުގެ މަސައްކަތް އެއްކޮށް ނުނިމުނަސް އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވަން ވަނީ ނިންމާފައެވެ.

އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނުނު ފަހުން ކޮވިޑްގެ ކޭސްތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ ކޮވިޑަށް ފަރުވާދިނުމަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ކޮވިޑަށް ފަރުވާދޭނެ އެކަށީގެންވާ ޖާގަ ތަނަވަސްވެފައި ހުރުމަކީ މުހިންމު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *