"ވިކްރަމް ވޭދާ" ގައި ރިތިކް ފެންނަ ގޮތް ވަރަށް ތަފާތު!

"ވިކްރަމް ވޭދާ" ގައި ރިތިކް ފެންނަ ގޮތް ވަރަށް ތަފާތު!

Author
ފާތިމަތު ނާވީ
13 ޖެނުއަރީ 2022 07:52
0

ދާދި ފަހުން އާއިލާ އާއި އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެކްޓަރ ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމް "ވިކްރަމް ވޭދާ" ގައި އޭނާ ފެންނަ ގޮތް ދައްކާލައިފިއެވެ.

މި ފިލްމަށް ރިތިކް ވަނީ މުޅި މީހާއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ބޮޑު ތުނބުޅިއަކާއެކު ވަރުގަދަ ހަށިގަނޑެއް ގައި ރިތިކް ފެނިގެންދާ މި ފިލްމު ގައި މީގެ ކުރިން އޭނާ ނުފެންނަ ފަދަ ގޮތަކަށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

މި ފިލްމަކީ ހަމަ މިނަމުގައި ގެނެސްދިން ތަމަޅަ ފިލްމްގެ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ހިންދީ ފިލްމުވެސް ޑައިރެކްޓްކުރަނީ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި ޕުޝްކަރް-ގަޔަތުރީ އެވެ.

ތަމަޅަ ފިލްމުގައި ވޭދާގެ ރޯލު ވިޖޭ ސެތުޕަތީ ކުޅުނުއިރު، ވިކްރަމްގެ ރޯލު ކުޅުނީ އާރް މާދަވަންއެވެ.

މި ފިލްމުގައި ދައްކުވައިދެނީ ފުލުހަކާއި ގެންގްސްޓާރެއްގެ މެދުގައި ހިނގާ ކަންތައްތަކެކެވެ. ފިލްމްގައި ގޭންގްސްޓާރުގެ ރޯލުން ވޭދާގެ ނަމުގައި ރިތިކް ފެނިގެން ދާއިރު ފުލުހެއްގެ ރޯލުން ފެނިގެންދާނީ ސައިފް އަލީ ޚާނެވެ.

މީގެ ކުރިން މިދެތަރިން ވަނީ އެކުގައި 2002 ވަނަ އަހަރު ”ނަ ތުމް ޖާނޯ ނަ ހަމް“އިން ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.