ކްރިކެޓް ތަރިއެއްގެ ގޮތުގައި އަނުޝްކާ ދައްކާލައިފި

ކްރިކެޓް ތަރިއެއްގެ ގޮތުގައި އަނުޝްކާ ދައްކާލައިފި

Author
ފާތިމަތު ނާވީ
11 ޖެނުއަރީ 2022 10:10
0

ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން އަނުޝްކާ ޝަރްމާ ފެނިގެންދާ ފިލްމު "ޗަކްދާ އެކްސްޕްރެސް"ގެ ޓީޒާ ދައްކާލައިފިއެވެ.

އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީގެ އަންހެނުން ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެންނާނެ ކަން ކަށަވަރު ކޮށްދީފައި މި ވަނީ އެ ފިލްމު ނުކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެފައިވަނިކޮށެވެ.

މިއީ މިފަދަ ރޯލަކުން އަނުޝްކާ ފެނިގެންދާ ފުރަތަމަ ފިލްމެއެވެ. މީގެ ކުރިން ޚަބަރުތައް ބުނެފައިވާ ގޮތުގައި އަނުޝްކާ ވަނީ މި ފިލްމު ނުކުޅެން ނިންމާފައެވެ. އެއާއެކު މި ފިލްމުން ބަތަލާއަކަށް ތުރިޕްތީ ދިމްރީ ނަގާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

މި ފިލްމަކީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިއާ އަދި އަންހެން ޓީމްގެ ކެޕްޓަން ކަންވެސް ކުރި ޖޫލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ޗަކްދާ އެކްސްޕްރެސް" ޑައިރެކްޓްކުރާނީ ޕްރޮސިތު ރޯއި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.