އެމްޑީޕީއަކީ ވެރިކަމާއި 100 ފޫޓަށް ކައިރިކުރަންވެސް ހެޔޮވަރުވާ ބައެއްނޫން: ޖަމީލް

އެމްޑީޕީއަކީ ވެރިކަމާއި 100 ފޫޓަށް ކައިރިކުރަންވެސް ހެޔޮވަރުވާ ބައެއްނޫން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2022 01:58
0

މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީއަކީ ވެރިކަން ކުރުމާއި 100 ފުޓަށްވެސް ކައިރިކުރަން ހެޔޮވާ ވަރުގެ ބައެއް ނޫންކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަމިއްލަ މަންފާ ބޮޑެތި ހޭދަކުރަމުންދާކަމަށް ތުހުމަތު ކުރައްވައި ޑރ.ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފެނިގެން ދަނީ މުޅިންވެސް އަންބޮނޑި ބޮޑުކުރަން އުޅޭ މަންޒަރުކަމަށެވެ. ރައްޔިތުންނަށް އާސަންދައިން ބޭސްކުރުމަކީ ބޮޑު ބުރައެއްކަމަށް ދައްކާފައިވާއިރު، ރައީސް ނަޝީދުގެ ގަނޑުވަރަށް ދިވެހި ރައްޔިތުންގެ ފައިސާއިން 500 މިލިޔަން ރުފިޔާ ހޭދަކުރުމަކީ މޮޅުގޮތްތޯ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީ/ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ވެރިކަމާ 100 ފޫޓަށް ކައިރިކުރަންވެސް ހެޔޮވާވަރު ބައެއް ނޫން. މުޅިން އަމިއްލަ އަންބޮނޑި ބޮޑުކުރަނީ. ނިކަމެތި ރައްޔިތުންވީމާ އާސަންދައަކީ ބުރައެއްކަމަށް ސިފަކުރެއްވިއިރު، ރައީސް ނަޝީދުގެ ގަނޑުވަރަށް 5 އަހަރުން 500 މިލިއަން ހޭދަކުރުން އެއީ މޮޅުކަމެއް؟

– ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް، 21 ދުވަހަށް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހޮޓެލް ޖެންގައި ނަޝީދު ހުންނެވި 21 ދުވަހަށް ޖުމްލަ 698،168 ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެއެވެ. އެ ހަރަދު 21 ދުވަހަށް ބައިކޮށްލުމުން ދުވާލަކަށް 33،246 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޖަރުމަނާއި އިނގިރޭސިވިލާތުން ސިއްހާ ފަރުވާ ހޯއްދެވުމަށް ދައުލަތުން ވަނީ ތިން ތާރީހެއްގައި ހަރަދުކޮށްފައެވެ. އެގޮތުން ފުރަތަމަ ފަހަރު 28،348 ޕައުންޑް ނުވަތަ 610،601 ރުފިޔާ ހަރަދުކޮށްފައިވެއެވެ. ދެވަނަ ފަހަރު 15،000 ޕައުންޑް ނުވަތަ 319،767 ރުފިޔާ އަދި ތިންވަނަ ފަހަރު 27،450 ޕައުންޑް ނުވަތަ 570،172 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންވެ އިނގިރޭސިިވިލާތުން ރައީސް ނަޝީދު ހޯއްދެވި ސިއްހީ ފަރުވާ އަށް އެކަނި ވެސް ދައުލަތުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ރައީސް ނަޝީދު ޖަރުމަނުން ހޯއްދެވި ފަރުވާއަށް 9،000 ޔޫރޯ ނުވަތަ 164،601 ރުފިޔާ ވެސް ހަރަރުދުކޮށްފައިވެ އެވެ. އެހެންކަމުން ރައީސް ނަޝީދު އިނގިރޭސިވިލާތާއި ޖަރުމަނުން ހޯއްދެވި ސިއްހީ ފަރުވާ އަށް ދައުލަތުން ޖުމްލަ 1.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
ދީނާދެކޮޅު ދީނަންނަފުރަތުކުރާ ކޮންމެމޭހަކު އަދިދީނަންއިހާނެތިކޮން ހަދައްބޭނުންވ މީހަކުވިއްޔާ މޑޕ އައްވޯޓުދީ ވޯޓުހޫދަދޭންއުޅޭނެ ތާއީދުކޮން މޑޕ ވަރެތްނެތިގެން އެތްމެރަގަޅު ސަރުކާރަންހަދާގެނ އެވަރެންނެތިގެން
ޜ ޜާވެރިބޭ
ޢެހެންވީމާ ދޯ ނައިބްުރައީސްް ކަން ދޫ ކޮށް ފިލަން ބޭރަށް ދިޔައީ
ޕ ޕާކޭ
ޕީޕީއެމަކީދިވެހިރާއްޖޭގެވެރިކަމައެންހާސްފޫޓައްވެސްކާކުރަންކަމުދާބައެނޫންޖަމީލުޔާމީނު
ޢ ޢިއްބެ
ޑރ ޖަމީލުތިޔަގޮތަށް ހަޔާތްނުގޮވާ ވެރިއަކުރާއްޖޭގައި ވެރިކަނކުރައްވާަފައިވޭތަ ހުރިހައި ވެރިންމިދޮގުހަދާ ނުރައްކާތެރި ޖަމީލާމެދުވިސްނަންޖެހޭ
ފ ފާތި
މިޖަމީލަކީވެސް ކަމެއްނުވެ ބައިގިނަކުރަން އުޅޭ ސޮރެއްފާ؛