ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހާބާ ވިދާޅުވުމަށް ޝާހިދު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހާބާ ވިދާޅުވުމަށް ޝާހިދު ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެވަޑައިގެންފިއެވެ. ޝާހިދު މިއަދު ރާއްޖެ ވަޑައިގަތީ އައު ވީއައިޕީ ޓަރމިނަލުންނެވެ.

އައު ވީ.އައި.ޕީ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ހުޅުލޭ ހުޅަނގު ފަރާތުގައި ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމުގައެވެ. މިއަދު ބޭނުންކުރަން ފެށި އައު ވީއައިޕީ ޓަރމިނަލަކީ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވާ 4 ބުރީގެ ޢިމާރާތެކެވެ.
ޝާހިދު ރާއްޖެ ވަޑައިގަތީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ މިއަދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުޙަބާ ވިދާލުވެ ދެޤައުމުގެ ދެމެދު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރައްވާ ބޭރުގެ ފުރަތަމަ ޑިޕްލޮމެޓަކަށްވެސް ވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓަރެވެ.  އައު ވީ.އައި.ޕީ ޓަރމިނަލްގެ މަސައްކަތްކޮށްފައިވަނީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީ.ޔޫ.ސީ.ޖީ)އިންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަންނަވާނީ މިއަދު ހަވީރެވެ. ޗައިނާ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *