ރާއްޖޭގައި ހޯމް ސްޓޭގެ ކޮންސެޕޓް ތަޢާރަފް ކޮށްފައިވާ ގޮތުން، ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމީ ނޫރު ފެތުރިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަހަރުގެ ފުރަތަމަ ދުވަހު ތަޢާރަފްކުރި ހޯމް ސްޓޭގެ ކޮންސެޕްޓަަށް ދީނީ އިލްމުވެރިންނާއި، ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް މީހުން ދިރިއުޅޭ ގޭގައި ގެސްޓުންނަށް އެމީހުންގެ ޗުއްޓީ ހޭދަކުރުމަށް ކޮޓަރިތައްދީ ދިވެހިންގެ ދީނާއި، ދިވެހިންގެ އާދަތަކާއި އެމީހުންގެ ދިރިއުޅުން އެއްގޮތް ކުރުމަކީ ގަބޫލު ކުރެވޭ ކަމެއްނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިކަމާއި ދެކޮޅަށް ބައެއް ދީނީ ޖަމްއިއްޔާތަކުން ވަނީ ބަޔާންވެސް ނެރެ، ހޯމް ސްޓޭ ޓުވަރިޒަމް ހުއްޓާލުމަށް ގޮވާލާފައެވެ.
ހޯމްސްޓޭ ޓުވަރިޒަމާއި ދެކޮޅަށް ދައްކަމުންދާ ވާހަތަކަށް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ ރާއްޖޭގައި ހޯމް ސްޓޭ ތަޢާރަފްކޮށް، އެކުލަވާލާފައިވާ ކޮންސެޕްޓަކީ އެކަމުން ދުނިޔޭގެ ޤައުމުތަކަށް އިސްމާލީ ނޫރު އިތުރުވެގެންދާނެ ކަމެއްކަމަށެވެ. އަދި މިއީ އިބިލީހަށް ކެތްކުރެވޭ ވަރަށް ވުރެއް ފުރިހަމައަށް ފަރުމާކޮށްފައިވާ ކޮންސެޕްޓެއް ކަމަށާއި، މިއާއިއެކު މުޅި ދުނިޔެއަށް އިސްލާމްދީން ފެތުރުމަށް ޖާގަ ތަނަވަސް ވެގެންދާނެކަމަށެވެ.
ހޯމްސްޓޭ ކޮންސެޕްޓްގެ އޯގާތެރިކަމުގެ ސަބަބުން ފަތުރުވެރިންގެ ހިތްތަކަށް އިސްލާމީނޫރު ވަދެ ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެެތުރިގެން ދިއުމަކީ އިބިލީހަށް ކެތްކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. އިބިލީހުގެ ހިތުގައިވަނީ ނަފްރަތުގެ ހުޅު ރޯވެެފައެވެ.
– ބޮންޑޭ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ރަންޔޫބީލާ ދިމާކޮށް ރާއްޖޭގައި މުޅި އަލަށް ހޯމް ސްޓޭ ތަޢާރަފްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ވާހަކަފުޅުގައި، ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިންނަށް މަރުޙަބާކިޔުމާއި މެހެމާންދާރީ ރަނގަޅަށް އަދާކުރެވެނީ އެއީ ހިތުގެ އަޑިން ކުރެވޭކަމަކަށްވުމުން ކަމަށެވެ. އަދި އިންވެސްޓަރުން ހޯދައި ކިތަންމެ ބައިވަރު ގެސްޓްހައުސްއެއް ހެދުނުނަމަވެސް ފަތުރުވެރިންގެ ހިތްތަކުން ޖާގަހޯދޭނީ އެފަދަ މެހުމާންދާރީއެއް އަދާކުރެވިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ފެނިގެންދާނެ ކާމިޔާބު ކޮންސެޕްޓަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭ ރަށަށް ޢާމްދަނީވަދެ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރުފައިސާ ހިފަހައްޓަން ލިބޭ ފުރުސަތެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ