އެކްތާ ކަޕޫރަށް ވެސް ކޯވިޑް ޖެހިއްޖެ

އެކްތާ ކަޕޫރަށް ވެސް ކޯވިޑް ޖެހިއްޖެ

Author
ފާތިމަތު ނާވީ
05 ޖެނުއަރީ 2022 06:01
0

ކޯވިޑްގެ އިތުރު ރާޅެއް އިންޑިއާއަށް އަރާފައިވާ އިރު ގިނަ ބަޔަކު އަންނަނީ މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.

އެގޮތުން ބޮލީވުޑްގެ ގިނަ ތަރިން ތަކެއް ވެސް އަންނަނީ ކޯވިޑަށް ޕޮޒިޓިވް ވަމުންނެވެ. ބޮލީވުޑްގެ ސެލެބްރިޓީއެއް ކޯވިޑަށް ޕޮޒިޓިވް ވެގެން އެޚަބަރު ނުލިބޭ ދުވަހެއް ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޕްރޮޑިއުސަރ އެކްތާ ކަޕޫރު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ޑްރާމާ ސިލްސިލާތައް ޕްރޮޑިއުސް ކުރުމުގައި އެންމެ ކުރީގައި ގުނާލެވޭ އެކްތާ ޕޮޒިޓިވް ވެފައި ވާކަން އޭނާ އަމިއްލައަށް އިއުލާން ކުރީ އިންސްޓަގްރާމުގައެވެ.

މިކަން ހާމަކުރުމާއެކު ގިނަ ބަޔަކު ވަނީ އޭނާ އަށް ހެޔޮ ދުއާ އާއި އަވަސް ޝިފާއަށް އެދިފައެވެ.

 

View this post on Instagram

 

A post shared by Erk❤️rek (@ektarkapoor)

އަރުޖުން ކަޕޫރު ހިމެނޭ ގޮތަށް ކަޕޫރު އާއިލާގެ ގިނަ ބަޔަކަށްވެސް ވަނީ ކޯވިޑް ޖެހިފައެވެ. އަދި ޖޯން އަބްރަހަމްގެ ދެމަފިރިންގެ އިތުރުން މުރުނާލް ޓާކުރު ވެސް ކޯވިޑަށް ޕޮޒިޓިވް ވިކަން މީގެ ދެދުވަހެއް ކުރިން ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.