ކާޖަލް އިނީ އަލަތު ދަރިފުޅަށް ބަލިވެ!

ކާޖަލް އިނީ އަލަތު ދަރިފުޅަށް ބަލިވެ!

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2022 08:29
0

އެކްޓްރެސް ކާޖަލް އަގަރްވާލް އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށް އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫ ބުނެފިއެވެ.

އާއަހަރުގެ ތަހުނިއާ ކިއުމަށް އިންސްޓަގްރާމްގައި ދެމަފިރިން އާންމުކުރި ފޮޓޯއާއެކު ގިނަ ބަޔަކު ވަނީ އޭނާ ބަނޑުބޮޑު ކަަމަށް ބުނަން ފަށާފައެވެ. އެއާއެކު ގޯތަމް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ކާޖަލް އާއި ގޯތަމް ކައިވެނި ކޮށްފައިވަނީ 2020 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ކޯވިޑްގެ ސަބަބުން މި ކައިވެންޏަށް ހާޒިރުވީ ގާތްރަހުމަތްތެރިންނާއި އާއިލާ މެމްބަރުން އެކަންޏެވެ.

36 އަހަރުގެ ކާޖަލް އަކީ ސައުތު ފިލްމު އިންޑަސްޓްރީގެ ވަރަށް މަގުބޫލު ތަރިއެކެވެ. އޭނާ ވަނީ ތެލުގޫ، އަދި ތަމަޅަ ފިލްމު ތަކުން އާންމުންގެ މަޤްބޫލުކަން ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.