ގުރައިދޫގައި ބިދޭސީ މީހާ މަރާލި މައްސަލާގައި ހެކި ފިލައިގެން ގޮސްދާނެކަމުގެ ބިރު އެބައޮތް: ވަކީލު

ގުރައިދޫގައި ބިދޭސީ މީހާ މަރާލި މައްސަލާގައި ހެކި ފިލައިގެން ގޮސްދާނެކަމުގެ ބިރު އެބައޮތް: ވަކީލު

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2020 03:06
0

ތ.ގުރައިދޫގައި ބަންގްލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި، ހެކިން ފިލައިގެން ގޮސްދާނެކަމުގެ ބިރު އޮތުމުން، ވީހާވެސް އަވަހަސް ހެކިންގެ ހެކިބަސް ނަގައިދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ގުރައިދޫގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއެއްގައި ދިރިއުޅޭމުން އައި ބަންގްލަދޭޝްގެ ޝާހް އަލަމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 22 އަހަރުގެ ބަންގްލަދޭޝް މީހެއްކަމަށްވާ ބާބުލް މިއާއެވެ. އޭނާގެ މައްޗަށް ދައުލަތުންއުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާއެވެ.

މިމައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވަނީ ބާބުލް މިއާއާއި އެއްގެއްގައި ދިރިއުޅޭ ބަޔެކާއި، ބާބުލް މިއާއާއި ޝަހު އަލަމްގެ ރަހުމަތްތެރިންގެ ގޮތުގައި ތިބި މީހުންނެވެ. އަދި އެމީހުންނަކީ ބާބުލް މިއާގެ ދިފާއުގައިވެސް ހުށައަޅަފައިވާ ހެކިންނަށްވުމުން ދައުލަތުން ވަނީ ހެކިބަސް ނެގުމުގައި ލަސްވާކަމަސް ވިދާޅުވެ މިއަދުގެ އަޑުއެހުމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަބަބެއްކަމަށް ދައުލަތުގެ ވަކީލު ފާޙަގަކުރައްވާފައިވަނީ، އެހެކިންނަކީ ފިލައިގެން ގޮސްދާނެ ހެކިންނަސް ވާތީއެވެ.

ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި މިއަޑުއެހުމުގައި ބާބުލް މިއަގެ ވަކީލު ވަނީ ތަރުޖަމާނަކު ނެތުމުން ދަތިވާކަމަސް ވިދާޅުވެފައެވެ. އަދި ހެކީންނާއި މަޝްވަރާ ކުރުމަސް ބޭނުންވާކަމަށާއި، ތަރުޖަމަނަކު ނެތުމުން އެކަމުގައި ދަތިތަކެއް ހުރިކަން ވަކީލު ފާހަގަކުރެއްވިއެވެ.

ދައުލަތުންވެސް ވަނީ ދިފާޢީ ވަކީލަސް ތަރުޖަމާނަކައެކު މަޝްވަރާކުރުމަށް ވަގުތު ދިނުމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއގައި ހެކިންހެ ހެކިބަސް ނެގުމަށްވެސް އިއުތިރަޒެއް ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިމައްސަލަ ބައްލަވާ ގާޒީ ވަނީ މިއަދުގެ ޝަރީޢަތުގައި ހެކިބަސް ނުނަގާ، ދެން އޮންނަ ޝަރީޢަތެއްގައި ހެކިބަސް ނަގާނެކަމަށް ވިދާޅުވެފައެވެ. އަދި ބާބުލް މިއާގެ ވަކީލު ދައުވާއަށް ތައްޔާރުވުމަސްވެސް ގާޒީ އެދިވަޑައިގަތެވެ.

މިއަދުގެ ޝަރީޢަތުގެ އަޑުއެހުން ނިންމަވާައްވަމުން ގާޒީ ވަނީ އެއްވެސް ކަމެއް ފާހަގަކުރަން ބޭނުންތޯ ބާބުލް މިއާއާއި ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ތަރުޖަމާނެއްގެ އެހީގައި ވާހަކަދަކަމުން ބާބުލް މިއާ ވަނީ ވީހާވެސް އަވަހަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމާލުމަށް އެދޭކަމަށް ބުނެފައެވެ. އޭނާ ވަނީ ޖަލުގައި ބަންދުކުރެވުނު ފަހުން އާއިލާގެ ދެމީހަކު މަރުވެފައިވާތީ އެމީހުންގެ މޫނުވެސް ފެނިފައިނުވާކަމަސް ބުނެފައެވެ.
ދެން މި މައްސަލައިގެ އަޑު އެހުމެއް މިމަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.